
އިބްރާހީމް އިފްރާޙް ޢަރީފް އަކީ ދިވެހި ފުޓްބޯޅަ އަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކީޕަރެކެވެ. 2007 ވަނަ އަހަރު ގައުމީ ކޯޗު ޖޯސެފް ޔަންކޭގެ ލަފައާއެކު، ކުރިމަގަށް ޒުވާން ޓީމެއް ބިނާކުރުމަށްފެށިއިރު، އެއް ކީޕަރަކަށް އިފްރާޙް ހިމަނައި، ސީނިއަރ ގައުމީ ޓީމުގެ ސްކޮޑުގައި އޭނާ ހިމެނުނެވެ. 2008 ވަނަ އަހަރު ރާއްޖެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ސްކޮޑުގައި އޭނާ ހިމެނުނު ނަމަވެސް، ފައިނަލް ޓީމުގައި ނުހިމެނުނުއިރު، ކޯޗު އޭނާއަށް މެޑަލް ހޯދައިދިނެވެ.
އޭރުގެ ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ސްޓައިލިޝް އެއް ކީޕަރަކަށް އޭނާ ވެފައި، ރަނގަޅު ފޯމުގައި ހުރެފިނަމަ މެޗެއް ކާމިޔާބުކުރެވޭ ފެންވަރަށް ކުޅެއެވެ. ވެލެންސިއާއިން ފެށިގެން މާޒިޔާ، ޔުނައިޓެޑް ވިކްޓަރީ، ނިއު ރޭޑިއަންޓް، އަދި ބީޖީ ސްޕޯޓްސް ފަދަ ކްލަބްތަކަށް އޭނާ ވަނީ މޮޅަށް ކުޅެދީފައެވެ. 19 އަހަރުން ދަށުގެ ކެޕްޓަންކަމާއި، 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަމާއި، 2011 އަދި 2013 ގެ ސާފް ޗެމްޕިއަންޝިޕްގައި ސީނިއަރ ގައުމީ ޓީމުގެ ރިޒާވް ކީޕަރެއްގެ ދައުރު އޭނާ އަދާކުރިއެވެ.
ކުރު ކެރިއަރެއް ނަމަވެސް، އޭނާ ކުޅުނު ގިނަ ޓީމުތަކަށް ކާމިޔާބު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރިއެވެ. ކުޅުން ހުއްޓާލުމަށްފަހު ސްޕޯޓްސް ފިޝިންގ އާއި އޭނާ ގުޅިފައި ހުއްޓެވެ. އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވީ ސްޓްރޯކެއް ޖެހިގެން ފަރުވާދެމުންދަނިކޮށް، ވަރަށް ޒުވާން އުމުރުގައި، 36 އަހަރުގައެވެ. އޭނާގެ ކުޅުމާއި ހިތްވަރުގެ މަތިން ގިނަ ބަޔަކު ހަނދާން ހުންނާނެއެވެ. މާތް ﷲ އޭނާގެ ފުރާނައަށް ސުވަރުގޭގެ ނިއުމަތް ދެއްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
