
ރަށެއްގެ އިޙްތިޞާސުން ފަޅުރަށެއް ވަކިކޮށް ރިސޯޓް ތަރައްޤީކުރާނަމަ އޭގެ މަންފާ ކައުންސިލްތަކަށް ލިބޭގޮތަށް، ޤަނޫނަށް ބަދަލު ނުގެނެސް ޤަވައިދުގެ ތެރެއިން އެކަން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ކޮޅުމަޑުލު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި، އެރަށުގެ އިޙްތިޞާސުގައި އޮތް ފަޅު ރަށް ތަރައްޤީކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޤާނޫނު މިހާރު އޮންނަގޮތުން އިޙްތިޞާސްގައި އޮންނަ ރަށެއްގައި ރިސޯޓް ތަރައްޤީކޮށް ނުހިންގޭނެކަމަށެވެ. ނަމަވެސް ސިޓީ ހޮޓާ ނުވަތަ ގެސްޓް ހައުސް ވިޔަފާރިއަށް އެފަދަ ރަށްތައް ދޫކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން އެދިގެން އެރަށްރަށުގެ އިޚްތިޞާސުން ވަކިކޮށް، މިހާރުވެސް ތަރައްޤީކުރަން ދީފަވާކަމަށެވެ. އަދި އޭގެސަބަބުން ވަޒީފާއާއި އިޤްތިޞާދީ މަންފާތައް ރަށަށް ވަލިބުނު ނަމަވެސް ރިސޯޓު ތަރައްޤީކުރަން ދޭ ރަށްތަކުން ކައުންސިލަށް، މަންފާއެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުން މުހިއްމުކަމަށް ވިދާޅުވިއެވެ.
“މި ރަށުގެ އިޙްތިޞާސުގަވެސް ދެ ރަށް އެބައޮތް. ޤާނޫނު ބުނަނީ އިޙްތިސާސުގައި ބާއްވައިން ރިސޯޓް ތަރައްޤީނުކުރެވޭނެކަމަށް. ކައުންސިލުން ތަކަށް ފައިދާއެއް ލިބިދޭނެގޮތަށް ބަދަލުކުރެވިދާނެތޯ، އެކަމާމެދު ގޮތެއް ނުނުނިމި އޮތީ. އުސޫލަށް ބަދަލުގެނެސް، ކައުންސިލްތަކަށް މަންފާއެއް ލިބޭނެ ގޮތް ހަދޭތޯ އޮތް ފުރުޞާތު ދަނި ބަލަމުން.” ރައީސް ވިދާޅުވިއެވެ.

އޮމަދޫގެ ތަރައްޤީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ރަށަށް އެންމެ މުހިމުވެފަވާ، ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށް އެކަން ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އެ މަސައްކަތް ނުނިމުއޮތީ ސަރުކާރުން ފައިސާ ނުދީގެން ނޫންކަމަށެވެ. އެހެންކަމުން އެ މަސައްކަތް ސަރުކާރު ކުންފުންޏަކާ ހަވާލުކޮށްގެން އަވަސްކުރައްވާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ހުއްޓިފަވާ ސްކޫލްގެ މަސައްކަތްވެސް އަވަސްކޮށް، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ނިންމަވާނެކަމަށް ވިދާޅުވިއެވެ. މަގުހެދުމުގެ އެއްބަސްވުމުގައި މިދަތުރުގައި ސޮއިކޮށްފަވާއިރު، އެމަސައްކަތުފެ ޑިޒައިން ނިމި، ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށާއި ރަށުގެ ފުޓުބޯޅަ ދަނޑުގެ ޓާފް ބަދަލުކޮށް، ލައިޓް ހަރުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވޮލީ ކޯޓްވެސް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އޮމަދޫގައި އިތުރު މިސްކިތެއް ތަރައްޤީކުރުމާއި ސިއްޙީ މަރުކޒުގެ ޖާގައިގެ މައްސަލަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހައްލުކޮށްދެއްވައި، ރައީސް ވިދާޅުވީ އަހަރު ނިމުމުގެ ކުރިން އެމްބިއުލާންސްއެއްވެސް ލިބޭނެކަމަށެވެ. އަދި ބަނދަރުގެ ހުޅަނގު ސަރަޙައްދުގައި ނެރެއް ކަނޑައިދޭން ކައުންސިލުން އެދުނުގޮތަށް އެކަން ކުރެވޭނެ ގޮތެއްވެސް ބައްލަވާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
