
(ފޮޓޯ ކްރެޑިޓްސް: ލޯލްޑިވްސް ސްޓޭޓް ޝިޕިންގ)
އަންނަ މަހުގެ 1 އިން ފެށިގެން ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރެވޭނީ، އިލެކްޓްރޯނިކް ވެހިކަލް ކިޔުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް މޯލްޑިވްސް ޕޯޓްސް، އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ. އެމްޕީއެލް ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމާ އެކަން އިޢުލާންކޮށްފައިވަނީ މިމަހުއެވެ. މިކިއު ތަޢާރަފްވުމާއެކު ހުޅުމާލެ ޓަރމިނަލުން މުދާ ކްލިއަރކުރެވޭނީ މިކިޔުގެ ތެރެއިން ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މިބަދަލާއެކު ހުޅުމާލެ ޓަރމިނަލުން މުދާ ކްލިއަރ ކުރުން އަވަސްވެ، އާންމުންނަށް ދެވޭ ޚިދުމަތަށް އިތުރަށް އަވަސް ވެގެންދާނޭކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ. މޯލްޑިވްސް ޕޯޓްސްއިން ވިދާޅުވީ، އޮކްޓޯބަރު 1 އިން ފެށިގެން ހުޅުމާލެ ޓަރމިނަލުން މުދާ ދޫކުރެވޭނީ، އިލެކްޓްރޯނިކް ވެހިކަލް ކިޔުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށެވެ. މިކިޔުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
އެމްޕީއެލްއިން ވަނީ މިކިއުގައި ބައިވެރިކުރުމަށް ބަލާނެ މިންގަނޑުތައްވެސް އާންމުކޮށްފައެވެ. އެގޮތުން މާލެ ކޮމާޝަލް ހާބަރ ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ ރަޖިސްޓްރޭޝަން ފޯމާއެކު އެމްސީއެޗް ކިއުއިން ވަކިކޮށް ދިނުމަށް އެދި ލިޔެފައިވާ ސިޓީ ހުށަހަޅަންޖެހެއެވެ. އަދި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތަކީ އެމްސީއެޗް ކިއު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލުކުރެވިފައިވާ ފަރާތަކަށްވެސް ވާންޖެހެއެވެ. މީގެއިތުރުން މިކިއުގައި ބައިވެރިވުމަށް ވެހިކަލްގެ ވެރިފަރާތަކީ ދިވެއްސަކަށް ވާންޖެހެއެވެ. އަދި އޭ ޒޯންގައި ރަޖިސްޓްރީކުރެވިފައިވާ ވެހިކަލްއަކަށް ވާންޖެހުމާއި ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލްތަކަކަށްކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އެމްޕީއެލުން އަންނަނީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުމަތިކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
