
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ ޙިޞާރު ފޫއަޅުވައިލަން މަސައްކަތްކުރަމުންދާ ގްލޯބަލް ޞުމޫދް ފްލޮޓިއްލާ (ޖީއެސްއެފް)ގެ އުޅަނދުތަކަށް ޙަމަލާއެއް އަމާޒުވުމުން، އެ އުޅަނދުތަލަށް އެހީތެރިވުމަށް އިޓަލީވިލާތުން މަނަވަރެއް ފޮނުވައިފިއެވެ. ޖީއެސްއެފުން މަސައްކަތް ކުރަމުންދަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ. މި ބައިނަލްއަޤްވާމީ ޙަރަކާތުގައި 44 ޤައުމަކުން 50އެއްހާ އުޅަނދު ބައިވެރިވެއެވެ. ޖީއެސްއެފްގެ އުޅަނދުތަކުގައި ޣައްޒާއަށް ދަތުރު ކުރާ މީހުންގެ ތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންނާއި، ވިލާތުގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ބައެއް ޤައުމުތަކުގެ މަޝްހޫރު މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރާ ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ ވެސް ހިމެނެއެވެ. ޖީއެސްއެފްގައި ހިމެނޭ އުޅަދުތަކަކަށް ގްރީސްގެ ގަވްޑޮވް ކިޔައި ރަށަކާ 56 ކިލޯމީޓަރު ދުރުން، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ދިން ޑްރޯން ޙަމަލާގައި 12 ޑްރޯން ބޭނުންކޮށްފައިވެއެވެ. އެ ޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެ ޙަމަލާތަށް ފަހު އިޓަލީވިލާތުން ވަނީ އުޅަނދުތަކަށް އެހީތެރިވުމަށް އެ ޤައުމުގެ އަސްކަރީ މަނަވަރެއް ފޮނުވާފައެވެ. އިޓަލީވިލާތުން މައިގަނޑު ގޮތެއްގައި ބޭނުންވީ ފްލޮޓިއްލާގައި ތިބި އިޓަލީވިލާތުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރާށެވެ.
އިޓަލީވިލާތުގެ ބޮޑުވަޒީރު ޖިއޯޖިޔާ މެލޮނީ ވަނީ ފްލޮޓިއްލާގައި ހުރި އެހީގެ ސާމާނު ސައިޕްރަސްއާ ޙަވާލުކޮށް، މިނިވަން ޖަމާޢަތެއް މެދުވެރިކޮށް އެ ތަކެތި ޣައްޒާއަށް ގެންގޮސް ބެހުމަށް ހުށަހަޅައިފައެވެ. އޭނާ ވިދާޅުވީ އެ ހުށަހެޅުމަކީ ސައިޕްރަސްއިން ވެސް ޔަހޫދީން ވެސް އަދި އިޓަލީވިލާތުން ވެސް ބާރުއަޅައި ހުށަހެޅުމެއް ކަމަށް ބެލެވޭ ކަމަށެވެ. އެ ހުށަހެޅުމަށް މިހާތަނަށް ޖީއެސްއެފްގެ ޖަވާބެއް ލިބިފައެއް ނުވެއެވެ. އެ ހުށަހެޅުން ޤަބޫލު ކުރުމަށް ހިތްވަރުދެއްވަމުން މެލޮނީ ވިދާޅުވީ ފްލޮޓިއްަލާއިން ކުރަމުންދާ މަސައްކަތަކީ ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަ މަސައްކަތެއް ކަމަށެވެ. ޖީއެސްއެފުން ބުނީ އެންމެ ފަހުގެ ޙަަމަލާތަކުގެ ސަބަބުން 11 އުޅަނދަކަށް އަސަރުކޮށްފައިވާ ކަމަށެވެ. ޖީއެސްއެފުން ޤަބޫލުކުރާ ގޮތުގައި އެ ޙަމަލާ ދީފައި ވަނީ ޔަހޫދީންނާއި ޔަހޫދީންގެ ބައިވެރިންނެވެ. ޙަމަލާތައް ތިން ގަޑިއިރެއްހާ އިރަށް ދެމިގެން ދިޔަ އިރު އެ ވަގުތު ގޮވުންތައް ގޮއްވައި ގޮތް ނޭނގޭ ޑްރޯންތައް އެ ސަރަޙައްދުގައި ޙަރަކާތްތެރިވެފައިވާ ކަމަށް ޖީއެސްއެފުން ބުނެއެވެ. އަދި މުވާސަލާތީ ގުޅުން ކަނޑާލާފައިވާ ކަމަށް ވެސް ޖީއެސްއެފުން ބުނެއެވެ.
ޖީއެސްއެފުން ވަނީ ޤައުމުތަކުން އެ ފްލޮޓިއްލާގެ މަޤްޞަދު ޙާޞިލް ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެ ފްލޮޓިއްލާއަށް ހިމާޔަތްދީ ރައްކާތެރިކަން ދިނުމަށް ގޮވާލައިފައެވެ. އެ މިސްރާބަށް އިޓަލީވިލާތުން ފުރަތަމަ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ޖީއެސްއެފުން ބުނެފައިވެއެވެ. މި މަހުގެ ކުރީކޮޅު، ޖީއެސްއެފްެގެ އުޅަނދުތަކެއް ތޫނިސްގައި ބަނދަރުކޮށްފައި އޮއްވައި އެ އުޅަނދުތަކަށް އަމާޒުކޮށް ވެސް ޑްރޯން ޙަމަލާއެއް ދީފައިވެއެވެ. އެ ޙަމަލާ ދީފައި ވަނީ ޔަހޫދީން ކަމަށް ޖީއެސްއެފުން ބުނެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޔަހޫދީން ދަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ދަތިކޮށް، ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންނެވެ. ޣައްޒާގެ ޙާލަތު އެކި މަންސަތައް މެދުވެރިކޮށް މުޅި ދުނިޔެއަށް ފެންނަމުންދާއިރު، ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކޮށް ގިނަ ޢަދަދެއްގެ މީހުން ދަނީ އަޑުއުފުލަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
