
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ 2025/2026 ވަނަ ސީޒަނުގެ ފުޓްބޯޅަ ކަލަންޑަރުގައި ހިމެނޭ މުބާރާތްތަކުން އެފްއޭއެމް އެވޯޑްސް ދިނުމަށް ނިންމާ އެވޯޑް ކޮމިޓީއަށް މެންބަރުން އައްޔަން ކޮށްފިއެވެ. އެފްއޭއެމް އެވޯޑްސް ކޮމިޓީގެ ޗެއާޕާސަންކަމަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ކުރީގެ ގައުމީ ކީޕަރު އަދި ތަޖުރިބާކާރު ކޯޗު މައުރޫފު އަހްމަދު (މާއްޓޭ) އެވެ. ޑެޕިއުޓީ ޗެއާޕާސަން ކަމަށް ހަމަޖައްސާފައިވަނީ އަބްދުލް ހަމީދު އަބްދުލް ޤަފޫރެވެ. މީގެ އިތުރުން ކޮމިޓީގައި ހިމެނެނީ ހަވީރު އެވޯޑްސް ކޮމިޓީގެ މެންބަރު މުހައްމަދު ޝަހީބާއި، ކުރީގެ ރެފްރީ އަދި ސީނިއާ ގައުމީ ޓީމުގެ ކުރީގެ ކޯޗު އަހުމަދު އަބީރު އިސްމާއިލެވެ.
އެފްއޭއެމްއިން މިސީޒަނުގެ މުބާރާތްތަކުން ހޮވަން ކަނޑައަޅާފައިވަނީ އެންމެ މޮޅު 3 ފުޓްބޯޅަ ކުޅުންތެރިން، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ފުޓްބޯޅަ ކްލަބް، 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ގޯލް ކީޕަރު، އެންމެ މޮޅު ފުޓްބޯޅަ ރެފްރީ، އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ގޯލު އަދި ސަޕޯޓަރުންގެ އެންމެ މަގްބޫލު ކުޅުންތެރިޔާއެވެ.
މިއީ ކުޅިވަރުގެ ރޫހު އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި ފުޓްބޯޅައިގެ ޙިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަޤްސަދުގައި، ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން ދޭ އެވޯޑުތަކެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
