
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދުނިޔޭގެ އޮޔާވައި ވަޔަށް ކުދިން ޣަރަގުވާން ދޫކޮށްލައިގެން ތަރައްގީގެ ބޭނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވޭމަންޑޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދީނަށް ނަސްރުދީ އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ދީން ފޯރުކޮށްދޭން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ. ދިވެހިން އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި މިހާ ދުވަހު ދެމިތިބީ އިސްލާމް ދީނުގެ ސަބަބުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެހި މުޖުތަމައުގައި ދީނުގެ ހަމަތައް ނަގަހައްޓައި ކުރިޔަށް ނުދެވޭ ނަމަ، ގައުމަށް ގެނެވޭ އުމްރާނީ ތަރައްގީގެ އެއްވެސް ބޭނުމެއް ނެތްކަމަށެވެ.
“އިސްލާމިކް ލާނިންގް އިތުރުކުރަން، ޒަމާނަށް ފެތޭ ގޮތަށް އިސްލާމް ދީން ވަރުގަދައަށް ކިޔަވައިދޭން އަޅުގަނޑުމެން ބޭނުން. އެހެން ދިމާލަކަށް ދާކަށް ބޭނުމެއް ނޫން. އިސްލާމް ދީނަކީ ހައްލަކީ. އެހެންވީމާ ދީނުގައި އޮންނަ ގޮތަށް، ދީން ކިޔަވައި ދިނުމަށް މި ސަރުކާރުން ވަަރަށް [ބޮޑު] އިސްކަމެއް ދޭނެ،”. ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝިއާރުތައް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަށް އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަގުތަކާއި އާންމު ތަންތަނުގައި ޒިކުރު ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒިކުރު ބޯޑުތައް ހަރުކުރުމުގެ ސިޔާސަތުގެ ދަށުން މަގުތަކާއި އާންމުކޮށް މީހުން އެއްވާ ސަރަހައްދުތަކުގައި އިސްލާމީ ޝިއާރުތަކާއި ނަސޭހަތުގެ ބަސްތައް ހިމެނޭ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ރޭ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު އިމާރާތް ގާއިމުކުރުމާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަައް ގާއިމްކުރަން ނިންމަވާފައިވާކަން ވެސް އިއުލާން ކުރައްވައިފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
