
ތ. ކަނޑޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ހަވާލުކުރި ކުންފުނިން އެ މަޝްރޫއުުގެ 96 ޕަސެންޓު މަސައްކަތް ނިންމާފައިވާ ކަމަށް ބުނެ ސަރުކާރަށް އޮޅުވާލާފައިވާ މައްސަލައެއް އެ ރަށުގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަމާލުކަމަށް ގެންނަވައިފި އެވެ. ކަނޑޫދޫގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އަތޮޅުގެ އިތުރުން ވ. މ އަދި ފ. އަށް މި ބުރުގައި ކުރެއްވި ދަތުރުފުޅުގައި ވަރަށް ގިނަ ކަންކަން ސާފުވެފައިވާ ކަމަށެވެ. މަޝްރޫއުތަކާ ގުޅޭ ގޮތުން ކުންފުނިތަކުން ސަރުކާރަށް އޮޅުވާލާފައިވާ އެނގިވަޑައިގެންފައިވާކަން ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކަނޑޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ހަވާލު ކޮށްފައިވާ ކުންފުނިން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ދީފައިވާ މައުލޫމާތާއި ކޮށްފައި ހުރި މަސައްކަތުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ.
އެ މަޝްރޫއުގެ ފުރިހަމަ ތަފްސީލު އެ ކުންފުނިން ސަރުކާރަށް ދީފައި ނުވާ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއީ ކޮން ކުންފުންޏެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“ސަރުކާރުގެ ކަމާ ބެހޭ ވުޒާރާ އަށް ވެސް އަދި ރައީސް އޮފީހަށް ވެސް މައުލޫމާތު ލިބިފައި އޮތީ އެ މަޝްރޫއުގެ 96 ޕަސެންޓު މަސައްކަތް މިނިފައިވާ ކަމަށް. އެހެންވެ އަޅުގަނޑުމެން ބެލީ އެ މީހުން ލައްވާ މަސައްކަތް ނިންމާފައި އެ ގޮތަށް ކޮމިޝަން ކުރަން. މިއަދު [ކަނޑޫދު އަށް] އައީމާ އެނގިގެން ހިނގައްޖެ ވަރަށް ބޮޑުތަނުން އަދި އެ އަށް ވުރެ ވަރަށް ފަހަތުގައިކަން އުޅެނީ،” ކަންބޮޑުވުމާ އެކު ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ، ވަރަށް ސީރިއަސްކޮށް އެ މައްސަލަ ބައްލަވައި ކުރު މުއްދަތެއްގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށެވެ. “ޓާމިނޭޓް ކުރަންޏާ ކޮށްފައި ސަރުކާރުން އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން. ޓާމިނޭޓްކޮށް އާ ބަޔަކާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާތީ އަޅުގަނޑުމެން އިސްކަން ދެނީ އެ ބަޔަކު ލައްވާ މަސައްކަތް ނިންމޭތޯ. މި ރަށުގެ ސިއްހީ މަރުކަޒަށް ވެސް ވީ އެ ގޮތަށް.” ކަނޑޫދޫގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު އަލުން ފަށައި އެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވި އެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާ ސަަބަބު ހާމަކޮށްދެއްވަމުން އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުނިން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރެ އެވެ. އެކަމަކު، ވިދާޅުވީ ސަރުކާރު ބަދަލުވުމުން އެ މަސައްކަތް މަޑުޖެހި، މިދިޔަ އަހަރުގެ ފަހުކޮޅާ ޖެހެންދެން މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މަޝްރޫއުތައް ހުއްޓުމުގައި އޮތީ ފައިސާގެ ދަތިކަން ނޫން ކަމަށެވެ. އޭގެ އިތުރުން ކަނޑޫދޫގެ ސިއްހީ މަރުކަޒުގެ މަޝްރޫއު ވެސް ހަވާލުކުރި ކުންފުންޏަށް ފުރުސަތު ދީގެން ނަމަވެސް ވީހާވެ ސް އަވަހަކަށް ނިންމާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތައް އެޅުމަށް ބޭނުންވާ ފައިސާ ކުންފުނިތަކަށް އެއްކޮށް ދޫކޮށްފައިވާއިރު، ބައެއް ރަށްރަށުގައި މަސައްކަތަށް ވުރެ އިތުރަށް ވެސް ފައިސާ ދޫކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
