
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝިޢާރުތައް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ދީނގެ ކަންކަން ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. ރައީސް ވިދާޅުވީ އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި މިހާ ދުވަހު ދިވެހިން ދެމިތިބީ އިސްލާމް ދީނުގެ ސަބަބުން ކަމަށެވެ. ކާބަފައިން އަބްޠާލުން ކުރެއްވި ޖިހާދުން މިއަދާ ހަމައަށް އިސްލާމްދީން ވާރުތަކޮށްދީފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ދީން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެއް ކަމަށެވެ. އެކަމަށް ހެޔޮ ލަފާ މީހުން ބިނާކުރަން ޖެހޭކަމަށާއި ދިވެހި މުޖުތަމަޢުގައި ދީނުގެ ހަމަތައް ނުނެގެހެއްޓޭނަމަ، ޤައުމަށް ގެނެވޭ ޢުމްރާނީ ތަރައްޤީގެ އެއްވެސް ބޭނުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“ދުނިޔޭގައި ޖެހޭ ވަޔާ އޮޔަށް ކުދިން ޣަރަޤުވާން ދޫކޮށްލައިފިއްޔާ ތަރައްޤީގެ ބޭނުމެއް ނެތް. ދީނަށް ނަޞްރުދީ އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ފޯރުކޮށްދޭން ޢަޒުމު ކަނޑައަޅަންޖެހޭ. އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް ދީނަށް ނަޞްރު ދިނުމަކީ.” ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމް ދީން ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަން ނިންމަވާފައިވާ ބައެއް ކަންކަން ހިއްސާކުރެއްވިއެވެ. އެގޮތުން މި ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. “އެ ރަށެއްގައި އާބާދީ އޮތް މިންވަރަކުން ފެސިލިޓީތައް ޤާއިމުކުރާނީ. އާބާދީ ކުދި ރަށްރަށް އެބަހުރިކަންވެސް އެނގޭ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު އިމާރާތް ޤާއިމުކުރުމަށްވެސް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވަގުފު އިމާރާތް އަޅަމުންދާނީ ސިޓީތަކުގައި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒިކުރު ބޯޑުތައް ހަރުކުރުމުގެ ޚާއްސަ މަޝްރޫޢެއް ފަށްޓަވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން މަގުތަކާއި ޢާންމުކޮށް މީހުން އެއްވާ ސަރަހައްދުތަކުގައި އިސްލާމީ ޝިޢާރުތަކާއި ނަސޭހަތުގެ ބަސްތައް ހިމެނޭ ބޯޑުތައް ހަރުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދީން ކުރިއެރުވުމުގެ ރޮނގުން ހޯދާފައިވާ ބައެއް ކާމިޔާބީތައްވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ހާފިޒުން ތަމްރީންކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަހަރު 24 ހާފިޒުން ތަމްރީންވިއިރު، އަންނަ އަހަރު 50 ހާފިޒުން ތަމްރީންކުރެވޭނެ ކަމަށެވެ. އަދި މިހާރަނަށް 500 ޒުވާން ޚަޠީބުން ތަމްރީންކޮށްފައިވާއިރު، އަންނަ އަހަރު ނިމޭއިރު، ރާއްޖޭގައި 1000 ޒުވާން ޚަޠީބުން ހަރަކާތްތެރިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
