
ވޭމަންޑޫ – ކިނބިދޫ ކޯޒްވޭގެ މަސައްކަތް ކުރިއަށްގެންދާނީ އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢުއަކާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ވޭމަންޑޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ވޭމަންޑޫގެ ތަރައްޤީއާ ގުޅޭ ގިނަ މަޝްރޫޢުތަކެއް އިއުލާނުކުރައްވާފައެވެ. ވޭމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭގެ މަސައްކަތް ޓުއަރިޒަމް މަޝްރޫޢުއަކާ އެކުއެކީގައި ކުރިއަށްގެންދިއުމަށް އެކަމަށް ޑިވެލޮޕަރެއް ހޯދުމަށް މިހާރު ހުޅުވާލާފަވާކަމަށެވެ. ރައީސް ވިދާޅުވީ އެމަޝްރޫޢު ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދިއުމަށްވުރެ، ރަށާއި އެ ސަރަޙައްދަށް ފައިދާ ބޮޑުވާނީ ފަތުރުވެރިކަން އެއަތޮޅުގައި ފުޅާވާނެފަދަ ގޮތަކަށް މަޝްރޫއު ކުރިއަށްގެންދެވިގެންކަމަށެވެ.
ކޯޒްވޭ ތަރައްޤީކުރަނީ ދެރަށް ދޭތެރޭގައި އޮންނަ އެއަތޮޅު އެލާ ކިޔާ ފަޅުރަށް ހުރަސްކޮށެވެ. ޓުއަރިޒަމް މަޝްރޫއުއާއެކު އެ މަސައްކަތް ގެންދިއުމުގެ ސަބަބުން ފަރުދީ އަދި އިޤްތިޞާދީ ތަރައްޤީ މުޅި ސަރަޙައްދަށް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. “ކްރޮސް ސަބްސިޑީ މޮޑެލްއަށް ގެންދަން ހުޅުވާލާފަވާނީ. އިތުރު މޮޑެލްތަކަށްވެސް ފުރުޞަތު ލިބޭގޮތަށް ހުޅުވާލާފަވަނީ. މިއީ އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ގެންދެވޭ ބޮޑު ޕްރޮޖެކްޓަކަށް ވާނެ” ރައީސް ވިދާޅުވިއެވެ. އަތޮޅުތަކަށް ފަތުވެރިކަން ފުޅާކުރުމުގެ މަސައްކަތުގެދަށުން، ޓެކުހާއި ފީތަކުން ޑިވެލޮޕަރުންނަށް ބޮޑު ލުޔެއް ދޭން ނިންމެވި ނިންމެވުމަށް އަލިއަޅުއްވާލައި، ރައީސް ވިދާޅުވީ ފަތުވެރިކަން ތަރައްޤީކުރާ އިތުރު 5 އަތޮޅެއްގައިވެސް އެ މޮޑެލް ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވާކަމަށެވެ. ފަޅު ހިމެނޭހެން ތ. އަތޮޅުން 9 ރަށެއް ފަތުވެރިކަމަށް ދޫކުރަން ސަރުކާރުން ވަނީ ހުޅުވާލާފައެވެ.
“މި އަތޮޅުގައިނ އިކުއިޒިޝަން ފީ ހެކްޓަރަކަށް 250000(ދެ ލައްކަ ފަންސާސް ހާސް) ޑޮލައުން 75000(ހަތްދިހަ ފަސް ހާސް) ޑޮލަރަށް ކުޑަކުރުމަށް ވަނީ ނިންމާފަ. އަދި އެހެން އަތޮޅުތަކުގައިވެސް 2 ލައްކައަށް ވަނީ ކުޑަކޮށްފަ. އަދި މި ނޫންވެސް ގިނަ ފީތަކެއް ވާނީ ކުޑަކޮށްފަ” ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ވޭމަންޑޫގެ ބިން ހިއްކަން ސޮއިކުރި އެއްބަސްވުމުގެދަށުން ރަށުން 25 ހެކްޓަރުގެ ބިން ހިއްކަވައިދެއްވާނެކަމަށާއި މަޝްރޫޢު ނުހުއްޓި އަވަހަށް ނިންމަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮލޫމަޑުލުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިގެންދިއުމަކީވެސް، ރަށުގެ އިޤްތިޞާދީ އަދި ފަރުދީ ތަރައްޤީގެ މުހިންމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މަގު ހެދުމުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމަވާނެކަމަށާއި، ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގެދަށުން، ބަނދަރު ބޮޑުކޮށް މިހާރުގެ ބަނދަރުވެސް އަލުން ތަރައްޤީކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 500 މީހުންގެ ޖަގައިގެ ޒަމާނީ މިސްކިތެއްވެސް ވޭމަންޑޫގައި އަޅުއްވައިދެއްވާނެކަމަށާއި ސޯލާއިން ކަރަންޓު ފޯރުކޮށްދޭ އަދި އޭސީ މިސްކިތަކަށް އެ މިސްކިތް ބަދަލުކޮށް، ކްލާސްރޫމާ ލައިބްރަރީ ހިމެނޭގޮތަށް ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއްވެސް އެރަށުގައި ހުޅުވުމަށް ތައްޔާރުވެފަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ނުނިމި 8 އަހަރުވެވެފައިވާ ސްކޫލްގެ މަލްޓިޕަރޕަސް ހޯލާ، 3 ބުރީގެ އިމާރާތުގެ މަސައްކަތް، އަންނަ ދިރާސީ އަހަރަށް ނިންމަވާނެކަމުގެ ޔަގީންކަން ރައީސްވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. މީގެއިތުރުން 50 އެނދުގެ ހޮސްޕިޓަލެއްގެ ފަންޑް ހަމަޖެހި، އެއާ ގުޅޭ މަސައްކަތްތައް ކުރިއަށްދާކަމުގެ ޔަގީންކަން ދެއްވައި ރައީސް ވަނީ އެ ހޮސްޕިޓަލާއެކު ރަށާ، އަތޮޅަށް ޒަމާނީ ސިއްޙީ ފަރުވާގެ ނިޒާމެއް ގެނެވޭނެކަމަށެވެ. އަދި މިވަގުތައް މުހިންމު ޚިދުމަތްތަކެއްގެގޮތުން، ސައިކޭޓްރީއާއި، ސްޕީޗް ތެރަޕީ އަދި ފިޒިއޯ ތެރަޕިސްޓެއް ހޯދުމުގެ ކަންކަން އަންނަ ހަފްތާގެތެރޭގައި ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެފައެވެ. މީގެއިތުރުން ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޖާގަބޮޑު ޕާކަކާ ޖިމެއްވެސް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވިއެވެ.
މީގެ އިތުރުން ނުނިމި 8 އަހަރުވެފައިވާ ފުޓުބޯޅަ ދަނޑުގެ މަސައްކަތް، ނިންމައިދިނުމަށް މިހާރު ކޮންޓަރެއް ހޯދުމަށް އިއުލާނުކޮށްފަވާކަމަށާއި ދަނޑު ތަރައްޤީކުރާނީ ފީފާ ސްޓޭންޑަޑަށްކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 1200 މީހުންނަށް ބަލަން ވަދެވޭ ކެޕޭސިޓީގެ، ސްޓޭޓް އޮފް ދި އަރޓް ސްޕޯޓްސް ކޮމްޕްލެކްސްއެއްވެސް ވޭމަންޑޫގައި ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
