
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް)
ގައުމީ އެއަރލައިން މޯލްޑިވިއަންއިން އަޒަރުބައިޖާން އެއަރލައިނާއެކު އިންޓަރލައިން ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އަޒަރުބައިޖާން އެއަރލައިނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް މޯލްޑިވިއަންއިން ދަތުރުކުރާ ރާއްޖޭގެ 17 މަންޒިލަކަށް ފަސޭހަކާމާއެކު ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން އަޒަރުބައިޖާން އެއަރލައިނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ދަތުރުކުރުމުގައި ދިމާވާ ތަކްލީފްތަކަށް ލުއިތަކެއް އަންނާނެކަމަށްވެސް މޯލްޑިވިއަންއިން ބުނެއެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މީގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިތްފަސޭހަ ލުއި ގޮތްތަކެއް ހަމަޖެއްސުންކަމަށެވެ. އަޒަރުބައިޖާން އެއަރލައިންގެ ޗީފް ކޮމާޝަލް އޮފިސަރ ޖާމިލް ވިދާޅުވީ، މިއީ އެ އެއަރލައިނުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހިތްހަމަޖެހުން ލިބިގެންދާނެކަމެއްކަމަށެވެ. އަޒަރުބައިޖާން އެއަރލައިންއަކީ އެ ޤައުމުގެ ގައުމީ އެއަރލައިނެވެ. އަޒަރުބައިޖާން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ މިދިޔަ ނޮވެމްބަރުމަހުގައެވެ. އެ އެއަރލައިނުން ދަނީ ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
