
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޮބެލް ސުލްޙައިގެ އިނާމު ހަޤީގަތުގައި ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާނަމަ، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ފިއްތުންތައް ކުރިމަތިކުރުވައިގެން، ފަލަސްޠީނުގެ ޣައްޒާގައި ޢުދުވާނު ނިމުމަކަށް ގެންނަން ފަރަންސޭސިވިލާތުގެ ރައީސް އެމެނުއެލް މެޚްރޮން ގޮވާލައްވައިފިއެވެ. އެމެރިކާގައި ނިއު ޔޯކުގައި ކުރިއަށްދާ އދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމުގައި ހުންނަވައި، ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައި މެޚްރޮން ވިދާޅުވީ، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ފިއްތުންތައް ކުރިމަތިކުރުވައި، ޣައްޒާއަށް ދެމުންދާ ޢުދުވާނު ހުއްޓުވުމު ބާރު އޮތީ ހަމައެކަނި އެމެރިކާގެ އަތް މަތީގައި ކަމަށެވެ. “ސަބަބަކީ އަޅުގަނޑުމެންނެއް ނޫން، ޣައްޒާގައި މި ޢުދުވާނު ހިންގަން ޔަހޫދީންނަށް ހަތިޔާރާއި އާލަތްތައް ފޯރުކޮށްދެމުންދަނީ. އެކަން ކުރަމުން އެދަނީ އެމެރިކާއިން،” މެޚްރޮން ވިދާޅުވިއެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ނޮބެލް ސުލްޙައިގެ އިނާމު ބޭނުންފުޅުވާކަމުގެ އިޝާރާތެއް އެކި ފަހަރުމަތިން ޓްރަމްޕް ވަނީ ދެއްވައިފައެވެ.
ޖޫން 20ވަނަ ދުވަހު ޓްރަމްޕް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނެެވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސަައްކަތްތަކާއި، ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ލިސްޓެއް ސޯޝަލް މީޑިޔާގައި ޝާއިޢު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރުން ހުއްޓުމަކަށް ގެނައުމުގެ މޭސްތިރިއަކީ އޭނާ ކަމުގައެވެ. އަދި، ވެރިކަމުގެ ފުރަތަމަ ދައުރުގައި ޔަހޫދީންނާއި މުސްލިމް ޤައުމުތަކާ ދެމެދު ގުޅުން ޤާއިމު ކުރުމަށް އިބްރާހީމް މުޢާހަދާ އެކުލަވައިލެއްވި ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. “އަހަރެން ކޮންމެ ފަދަ މަސައްކަތެއް ކުރި ނަމަވެސް ނޮބެލް ސުލްޙައިގެ އިނާމެއް ލިބޭނެހެން ހިޔެއް ނުވޭ،” އޭނާ ވިދާޅުވިއެވެ. ޓްރަމްޕްގެ އެ މަސައްކަތްޕުޅަށް އެ އިނާމު ޙައްޤުކަމަށް ބުނެ، ޔަހޫދީންގެ ނިރުބަވެރި ދައުލަތާއި ޕާކިސްތާނު އަދި ކެމްބޯޑިޔާއިން ވެސް ވަނީ އޭނާގެ ނަން އެ އިނާމަށް ހުށަހަޅައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
