
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މި އަހަރުގެ މިހާތަނަށް އުފެދުނު އެންމެ ބާރުގަދަ ތޫފާނު “ރަގާސަ” ޗައިނާގެ ދެކުނުގެ ޔަންޖިއަންއަށް އަރަައިފިއެވެ. ޗައިނާގެ ދެކުނަށް މި ތޫފާނުގެ މިސްރާބު އެނބުރިފައިވަނީ، ޓައިވަނާށައި ހޮންގ ކޮންގއަށް ބޮޑެތި ގެއްލުންތައް ދިނުމަށްފަހުއެވެ. ގަދަވަޔާއެކު ބޯކޮށްވާރެ ވެހި ލިބުނު ގެއްލުންތަކުގައި ޓައިވާނުގައި 17 މީހުން ވަނީ މަރުވެފައެވެ. އަދި ބޯކޮށްވާރެ ވެހި، ކޯރެއް ބަންޑުންވެގެން އިތުރު 17 މީހަކު ވަނީ ގެއްލިފައެވެ. ކެޓަގަރީ ފަހެއްގެ ދަރަޖައިގެ މި ތޫފާނު ވަނީ ހޮންގ ކޮންގއަށް ވެސް ބޮޑެތި ގެއްލުންތައް ދީފައެވެ. މި ތޫފާނާ ގުޅިގެން 90 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުތަކުގައި ފަރުވާދޭންޖެހުނު ކަމަށާއި، އަދި ސަރުކާރުން ޤާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގައި 800 އަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދާފައިވާކަމަށް ހޮންގ ކޮންގގެ ކަމާގުޅޭ އިދާރާތަކުން ބުނެފައިވެއެވެ.
މޫސުމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، އެ ތޫފާނުގެ މިސްރާބު މިހާރު ހުރީ ޗައިނާގެ ގިނަ އަދަދަކަށް ތެޔޮ ކާރުޚާނާތައް ހުންނަ މަޔޯމިންއަށެވެ. ގުއާންޑޮން ސަރަޙައްދުގައި ރާޅުތަކުގެ އުސްމިން ނުވަ ފޫޓަށް އުފުލޭނެކަމަށް އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. މި ތޫފާނު މިސްރާބު ޖަހާފައި ހުރި ޗައިނާގެ ދެކުނު އައްސޭރިފަށުގެ ސަހަރުތަކުގައި 50 މިލިއަނެއްހާ މީހުން ދިރިއުޅެވެ. އެންމެ ނާޒުކު ސަރަހައްދުތަކުން މިހާރު ވެސް ދެ މިލިއަނަށް ވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ޙާލަތުގައި ބޭނުންކުރާ އާލަތްތަކާއެކު ކަމާގުޅޭ އިދާރާތައް ތައްޔާރީ ޙާލަތުގައި ތިބިކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
