
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާގެ ހުޅަނގު ބަންގާލް ސްޓޭޓުގެ ވެރިރަށް ކަލްކަތާގައި ރެކޯޑު މިންވަރަކަށް ވާރޭވެހި، ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވެ، މިހާތަނަށް 12 މީހުން މަރުވެފައިވާކަމަށް އެ ސްޓޭޓުގެ ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ. އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ބުނީ، އިއްޔެ އެކަނިވެސް 251.6 މިލިމީޓަރުގެ ވާރެ ވެހިފައިވާ ކަމަށާއި، މިއީ 1988 ވަނަ އަހަރުގެ ފަހުން މި މިންވަރަށް ވާރެ ވެހުނު ފުރަތަމަ ފަހަރު ކަމަށެވެ. ކަލްކަތާގެ ގިނަ ސަރަހައްދުތަކުގެ މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރަށް ވެސް ބުރޫއަރައި، އެތައް ބަޔަކު ވަނީ ތާށިވެފައެވެ.
ފުލުހުން ބުނީ، ކަލްކަތާގައި ގިނަ މީހުން މަރުވެފައިވަނީ ކަރަންޓުގައި ޖެހިގެން ކަމަށެވެ. ހިންދޫން ފާހަގަކުރާ ދީނީ ހަރަކާތަކަށް ތައްޔާރުވަނިކޮށް، މޫސުން ގޯސްވެ، ޕަބްލިކް ޓްރާންސްޕޯޓުގެ އިތުރުން ބައެއް ފްލައިޓުތައް ވެސް ވަނީ ކެންސަލްކުރަންޖެހިފައެވެ. ޕަމްޕުތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ސްކޫލްތަކާއި ކޮލެޖުތައް ވަނީ މިއަދާއި މަދާމާ ވެސް ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި މޫސުން ކުރިއަށް އޮތް ދެ ދުވަހު ވެސް ގޯސްވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
