
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމުގެ ގޮތުން ދިފާޢީ އަދި އަސްކަރީ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް އޮތް ކަމުގައި ބުނެ، ނޭޓޯއިން ރަޝިޔާއަށް އިންޒާރު ދީފިއެވެ. ނޭޓޯއިން ރަޝިޔާއަށް އިންޒާރު ދީފައި މި ވަނީ، އެ އިއްތިޙާދުގެ މެންބަރު ޤައުމެއް ކަމުގައިވާ އެސްޓޯނިިޔާގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކެއް ވަތް ކަމުގެ ރިޕޯޓުތަކާ ގުޅުވައެވެ. އެސްޓޯނިޔާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރަޝިޔާގެ މިގް-31 މަރުކާގެ ތިން އަސްކަރީ މަތިންދާބޯޓު އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެފައި ވަނީ ސެޕްޓެންބަރު 19ވަނަ ދުވަހުއެވެ. އަދި، 12 މިނެޓު ހޭދަވަންދެން އެ މަތިންދާބޯޓުތައް އެ ޤައުމުގެ ވައިގެ ސަރަޙައްދުގެ ތެރޭގައި ދަތުރު ކޮށްފައިވާ ކަމުގައި އެސްޓޯނިޔާން ތުހުމަތު ކުރިއެވެ. ނޭޓޯން ވަނީ މި ކަން ކުށްވެރި ކޮށްފައެވެ. އަދި، އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކުގެ ދިފާޢު ކަށަވަރު ކުރުމަށް އަސްކަރީ ގޮތުންނާއި އެހެން ގޮތްގޮތުން ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް ނޭޓޯން ބުންޏެވެ.
އެސްޓޯނިޔާގެ ވައިގެ ސަރަޙައްދަށް ވަތް ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތައް، އެ ސަރަޙައްދުން ބޭރަށް ގޮސްފައި ވަނީ ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކެއް އެ ސަރަޙައްދަށް ފޮނުވައި، ރަޝިޔާގެ މަތިންދާބޯޓުތަކަށް ބިރު ދެއްކި ފަހުންނެވެ. އޭގެ ކުރީ ހަފުތާގައި ރަޝިޔާގެ އަސްކަރީ ޑްރޯންތަކެއް ޕޮލެންޑުގެ ވައިގެ ސަރަޙައްދަށް ވެސް އެތެރެވެފައިވެއެވެ. ނޭޓޯގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އޭގެ ތެރެއިން ބައެއް ޑްރޯންތަކަށް ޙަމަލާދީ ވައްޓައިލާފައެވެ. ޕޮލެންޑުގެ ހާދިސާއަށް ފަހު އިރުމަތީ ބިތުގައި އޮތް ނޭޓޯގެ މެންބަރު ޤައުމުތަކުގައި އަސްކަރީ ގޮތުން ދިފާޢީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ނިންމާފައިވާ ކަން އެ އިއްތިޙާދުން ހާމަކުރިއެވެ. އެއީ، ނޭޓޯގެ އެންމެ ބާރުގަދަ އެއް މެންބަރުގެ ގޮތުގައި ބެލެވޭ އެމެރިކާއިން ވެސް ތާޢީދު ކުރާ ފިޔަވަޅެކެވެ. އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ނޭޓޯގެ މެންބަރު ޤައުމުތަކުގެ ވައިގެ ސަރަޙައްދަށް ވަންނަ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކަށް ޙަމަލާ ދިނުމުގެ ޙައްޤު އެ ޤައުމުތަކަށް ލިބިގެންވާ ކަމުގައި ޤަބޫލު ކުރައްވާ ކަމުގައެވެ.
ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކެއް ނޭޓޯގެ މެންބަރު ޤައުމުތަކެއްގެ ވައިގެ ސަރަޙައްދަށް ވަދެފައިވާ ކަމުގައި އެ އިއްތިޙާދުން ތުހުމަތު ކޮށްފައި މި ވަނީ، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. 2022ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ، ނޭޓޯގެ މެންބަރު ކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުން ދިޔަ މަސައްކަތް ހުއްޓައިލުމަށް އިންކާރު ކުރުމުންނެވެ. ނޭޓޯއަކީ ރަޝިޔާގެ ދެމިއޮތުމާއި ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ޤަބޫލު ކުރެއެވެ. އަދި، ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ނޭޓޯއިން ދަނީ ޔޫކްރެއިނަށް އަސްކަރީ އަދި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެސްޓޯނިޔާގެ ވައިގެ ސަރަޙައްދަށް ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކެއް ވަތް ހާދިސާއާ ގުޅިގެން އެމެރިކާގެ ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތު ވަނީ އެސްޓޯނިޔާގެ ދިފާޢީ ވަޒީރު ހަންނޯ ޕެވްކޯރަށް ފޯނުން ގުޅުއްވާފައެވެ. އަދި، ރަޝިޔާގެ އަމަލު ކުށްވެރި ކުރައްވައި، ނޭޓޯގެ މެންބަރު މެންބަރުންނާ އެކު އެމެރިކާއިން ދެމިއޮތްކަމުގެ ޔަގީން ކަން އަރުވާފައެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
