
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާ އިސްތިޢުމާރުކޮށް، ހުޅަނގު އައްސޭރީގައި ވެސް އެ މީހުންގެ ބާރު ހިންގުމަށް ޔަހޫދީން މަސައްކަތް ކުރަމުންދާ ކަން އެ މީހުންގެ އަމަލުތަކުން ހާމަވަމުންދާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ޚާއްޞަ ކޮމިޝަނަކުން ބުނެފިއެވެ. މި ކަން ހާމަކޮށްފައި ވަނީ ފަލަސްޠީނުގެ ބިންތަކާ ގުޅޭ ކަންކަން ތަޙުޤީޤު ކުރުމަށް އދން އެކުލަވައިލާފައިވާ ކޮމިޝަނުންނެވެ. އެ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، ޣައްޒާގެ ޢާންމު ރައްޔިތުންގެ ގެދޮރު ސުންނާފަތިކޮށް ބިމާ ހަމަކުރަމުންދާ ކަމަށާއި، މި އަހަރުގެ ޖުލައި މަހާ ހަމައަށް ޣައްޒާގެ %75 ސަރަޙައްދެއް ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމުގައެވެ. އޭގެ ތެރެއިން ބައެއް ބިންތަކަށް އަތްގަދަ ކޮށްފައި ވަނީ، ބަފަރ ޒޯންތަކެއް ނުވަތަ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދުތަކެއް ކަނޑައެޅުމުގެ ނަމުގައި ކަމުގައި ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.
“ޔަހޫދީ ސިފައިން ވަނީ ގަސްދުގައި ޣައްޒާގެ ޖުޣުރާފިޔާ ބަދަލު ކޮށްލާފައި،” ކޮމިޝަނުގެ ރިޕޯޓުގައި ބުންޏެވެ. އެ ކޮމިޝަނުން މި ކަން ހާމަކޮށްފައި މި ވަނީ، ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ޔަހޫދީން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ އަމާޒަކީ، އެ ރަށުގައި ދިރިއުޅޭ މިލިޔަނެއްހާ ފަލަސްޠީނުގެ ރައްޔިތުން، އެ މީހުންގެ ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމެވެ. މީގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކޮށް، އެ މީހުންގެ ބިންތައް ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުވަން ޒަޔަނިސްޓު ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން ސާބިތުވެފައިވާ ކަމުގައި ވެސް އދގެ ކޮމިޝަނުން ހާމަކުރިއެވެ. ޔަހޫދީންގެ ހީލަތްތެރި ރޭވުންތަކުގެ ތެރޭގައި، މުޅި ހުޅަނގު އައްސޭރިއަށް އަތްގަދަ ކުރުން ހިމެނޭ ކަމުގައި ވެސް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
“ހައްދުފަހަނަ އެޅި ޔަހޫދީން [ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް] އަމާޒުކޮށް ދެމުންދާ ޙަމަލާތަކާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އަމިއްލަ ވަޒަން ދޫކޮށްލުމަށް މަޖުބޫރުވެފައި، އެއަށް ފަހު އެ ބިންތައް ‘ޔަހޫދީ’ ކުރަން ދަނީ މަސައްކަތް ކުރަމުން،” ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ހައްދުފަހަނަ އެޅި ޔަހޫދީންނަށް ވާގިވެރިވުމުގެ ގޮތުން ޒަޔަނިސްޓު ސިފައިން ޖިނީން، ޠުލްކަރްމު އަދި ނޫރް ޝަމްސުގައި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ކަން ވެސް އދގެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގެ ފަހަތުގައި ތިބި ހައްދުފަހަނަ އެޅި މީހުންގެ ނަންތައް ވެސް ކޮމިޝަނުގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ، ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގުވީރް އަދި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތައް ހިންގުމުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާ ކުރަމުން ދަނީ އެ ތިން މީހުން ކަން އދގެ ރިޕޯޓުގައި ހާމަކޮށްފައިވެެއެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ އުމުރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
