
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޝަރުޠުތަކަކާ އެކު، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ތައްޔާރަށް އޮތް ކަން އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯޖިޔާ މެލޯނީ ހާމަކުރައްވައިފިއެވެ. މެލޯނީ ވިދާޅުވީ، ފަލަސްޠީނުގެ މިިނިވަން ކަން ބަލައިގަތުމަށް އެދި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވާނެ ކަމުގައެވެ. ނަމަވެސް، އޭގައި ޝަރުޠުތަކެއް ހިމެނޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ މިނިވަން ކަން އިޓަލީވިލާތުން ބަލައިގަތުމަށް މެލޯނީ ހުށަހަޅުއްވާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުން ހިމެނެއެވެ. އަދި، ޣައްޒާގައި އެކުލަވައިލާ އައު ސަރުކާރެއްގެ ޙަމާސްގެ ބައިވެރިވުމެއް އޮތުމާ ވެސް އިޓަލީވިލާތުން ދެކޮޅު ކަމުގައި އޭނާ ވިދާޅުވިއެވެ. “ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމާ އަޅުގަނޑު ދެކޮޅެއް ނުހަދަން، ނަމަވެސް އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ޝަރުޠުތައް އެކަށައަޅަން ޖެހޭ،” އޭނާ ވިދާޅުވިއެވެ.
އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާގެ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މެލޯނީ ވަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުން ޔަހޫދީންނަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، އެ ކަން ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އޭގެ ބަދަލުގައި ފިއްތުންތައް ކުރިމަތި ކުރަންވީ ޙަމާސަށް ކަމުގައެވެ. އިޓަލީވިލާތަކީ ޔަހޫދީންގެ ޒަމާންވީ އެކުވެރިއެކެވެ. އަދި، ބޮޑު މަދަދުގާރެކެވެ. ހުޅަނގުގެ ބައެއް ބޮޑެތި ބާރުތަކުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލަނެފައިވާއިރު، އިޓަލީވިލާތުން ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައިވާ ހުޅަނގުގެ ބާރުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ކެެނެޑާ ހިމެނެއެވެ. މީގެ އިތުރުން އޮސްޓްރޭލިޔާއިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައެވެ.
އެ ޤައުމުތަކުން ޔަހޫދީންނާ ދެކޮޅަށް ބަސްބުނެ، މި ފިޔަވަޅު އަޅާފައި މި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އަދި، ފަލަސްޠީނުގެ ރައްޔިތުންގެ އިތުރު ބިންތައް ފޭރިގަތުމަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރުމުގެ ގޮތުންނެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ އުމުރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
