
ތ.ވިލުފުށި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އެންމެ ގިނަވެގެން 2 އަހަރާ ބައިގެ ތެރޭގައި ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.ރައީސްވަނީ ވިލުފުށިގެ ތަރައްޤީއާ ގުޅޭ ގިނަ ކަންތައްތަކެއް އިއުލާންކުރައްވާފައެވެ. ވިލިފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުން އެދުނުގޮތަށް އެރަށުގެ ބިން ހިއްކައި، އެއަރޕޯޓް ތަރައްޤީކުރުމާ ގުޅުންގުރި މަސައްކަތްތައް އެކި މަރުހަލާތަކުގައި ފަށާފަވާކަމަށެވެ. އެއަރޕޯޓްގެ ރަންވޭއަކީ 1800 މީޓަރު ދިގު ރަންވޭއެއްކަމަށް ރައީސް ވިދާޅުވިއެވެ. ބިން ހިއްކުމާއި، އެއަރޕޯޓްގެ އެންމެހާ އިމާރާތްތަކާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ދައުރުގެ ތެރޭގައި ނިންމަވާނެކަމުގެ ޔަގީކަން ރައީސްވަނީ ދެއްވާފައެވެ.
“މަސައްކަތް ފެށި 2 އަހަރާ ބައިގެގެތޭގައި މުޅި މަސައްކަތް ނިންމާނަން. އެއަށްވުރެ ލަހެއް ނުވާނެ. މި އެއަރޕޯޓް ހިންގުން ހަވާލުވެފަވަނީ އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްއާ. ކުންފުނިން ވަރަށް ފަރުވާތެރިކޮށް ތަރުތީބުން މަސައްކަތް ގެންދާނެ” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވިލުފުށީ ހޮސްޕިޓަލް ތަރައްޤީކޮށްދެއްވައި، އިތުރު ސްޕެޝަލިޓީތަކާ، އިމާރާތާ ވަސީލަތްތައް ޤާޢިމުކޮށްދެއްވާނެކަމަށާއި، އެއާއެކު ޖަގާ ތަނަވަސް ފުރިހަމަ ޒަމާނީ ހޮސްޕިޓަލަކަށްއތަން ވެގެންދެކަމަށެވެ. މަޝްރޫޢު މަދުވެގެން 18 މަސް ތެރޭ ނިންމާ ހޮސްޕިޓަލް ހަވަލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ކުރިމަތރިވެފައިވާ ދަތިތަކަށް ވަގުތީ ހައްލެއްގޮތުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަދި އަންހެނުންގެ ޚާއްސަ ދާއިމީ ޑޮކްޓަރެއް ހޯދަމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށެވެ.

ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގައި ވިލުވުށީގެ ވަށަ މަގު ނުވަތަ ރިންގު ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށްގެންދަވާނެކަމަށާއި، ރަށުގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށްވެސް އެއީ މުހިންމު މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މުހިންމު މަސައްކަތްތަކެއް ވިލުފުށީގައި ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން އަމިއްލަ ގޯތީގައި ގެއެޅުމަށް ހުށައެޅުމުގެ ފުރުޞަތު އޮންނާނެއެވެ. 100 ހައުސިންގ ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެކަމަށާއި މިހާރު ހަވާލު ކޮށްފަހުރި 100 ޔުނިޓްގެ ޔުޓިލިތީގެ މައްސަލަތައް ޙައްލުކޮށް މިއަހަރު ހަވާލުކުރާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސުނާމީއާ ގުޅިގެން ހަދާފަތާ 40 މީހުންގެ ލިސްޓެއްގައި، އެމީހުންނަށް މަޝްރޫޢުއަކުން ކޮޓަރި ދޭންޖެހޭކަމަށް އޮތުމުން، އެކަންވެސް ބަލާ ޙައްލުކުރުމަށް ގޮތެއް ހޯއްދަވަމުންދާކަމަށެވެ. އެކަންވެސް ސަރުކާރުގެ ސިޔާސަތުގެ ދަށުން ޙައްލުކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މި މީހުން ސަރުކާރުގެ މަޝްރޫޢުއަކުން ގޮތެއް ހޯދައިދީ ނުވަތަ ސަރުކާރުން ބަދަލެއް ދޭނެ ގޮތަކާމެދު މަޝްވަރާކުރަމުންދާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ކަންކަމުގެ އިތުރުން ރައީސް ވަނީ ވިލުފުށީގައި ހުރި މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލުކޮށް ޤައުމީ ޔުނިވަރސިޓިގެ ކެމްޕަހެއް ތަރައްޤީކުރުމުގެ އިތުރުން ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް ނިންމަވާފަވަކަން ހާމަކުރައްވާފައެވެ. މިރަސްމިއްޔާތުގައި ވަނީ ވިލިފުށީގައި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވާފައެވެ. އަދި ވިލުފުށީ މަގުހެދުމުގެ މަޝްރޫޢުވަނީ އާރްޑީސީއާ ހަވާލުކޮށްފައެވެ. އަދި މިރަސްމިއްޔާތުގައި ވިލުފުށީ ރައްޔިތުންގެ ފަރާތުންވަނީ ރައީސަށް ހަނދާނީ ރަމްޒެއް ވެދުމަށް އަރުވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
