
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތ.ބުރުނީގައި 30 ހައުސިން ޔުނިޓް އިމާރާތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބުރުނީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން ލުއި ލޯނު ދޫކުރުމާއި، އަމިއްލަ ގޯތި ގެދޮރުގައި ގެ އަޅައިދިނުމުގެ މަޝްރޫޢުތަކާއި ރޯހައުސްއާއި ފްލެޓް އަޅައިދިނުމުގެ މަސައްކަތްތައް ހިމެނޭކަމަށެވެ. ރައީސް ވިދާޅުވީ ބުރުނީގައިވެސް ބޯހިޔާވަހިކަމުގެ މައްސަލަ އެބައޮތްކަމަށާއި އެކަމަށް ޙައްލު ގެނައުމަށް، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތްކޮށްދެއްވާނެކަމަށެވެ.
“ކައުންސިލާ ރައްޔިތުންގެ ޚިޔާލާއެކު ނިންމާގޮތަކަށް، އަންނަ އަހަރު 30 ހައުސިން ޔުނިޓް ބުރުނީގައި އެޅުމުގެ މަސައްކަތް ފަށާނަން. އަމިއްލަ ގޯތީގަތޯ ނޫނީ ރަށުގެ ވަކި ސަރަހައްދެއްގަ އަޅާނީ، އެކަން ނިންމުމުގެ ފުރުޞަތު ރައްޔިތުންނަށް އެބައޮތް.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށު ކައުންސިލުން އެދިފައިވާ ބަދަލުތަކާއެކު ރަށުގެ ބަނދަރު ތަރައްޤީކުރުމަށް އީއައިގޭގެ މަސައްކަތްތައް ފަށާފައިިވާކަމަށާއި އޭގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށެވެ. އެއާއެކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއާ އެކުއެކީގައި ރަށުގައި ފަރުމަސް ބޭނުންމަށް ޖެޓީއެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، ޒުވާނުންގެ މަރުކަޒުގެ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމައިދެއްވާނެކަމަށެވެ. މީގެއިތުރުން ރަށުގެ ސްކޫލް އޭސީ ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ކައުންސިލްގެ އިދާރާގެ އާ އިމާރާތަށްވެސް ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށުގެ ހެލްތު ސެންޓަރ ތަރައްޤީކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިންމާ، ޚިދުމަތަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
މީގެއިތުރުން ވޮލީކޯޓްގެ މަސައްކަތް 4 މަސް ދުވަހުން ނިންމާނެކަމަށާއި ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
