
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ)
ހަންގޭރީގެ ޔުނިވަރސިޓީތަކުން ދިވެހިންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރީ އ.ދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި ހަންގޭރީގެ ޚާރިޖީ ކަންކަމާއި ވިޔަފާރިއާބެހޭ ވަޒީރު ޕީޓަރ ސިޔަރޓޯ ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިކަމާއި ގުޅޭ ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ. އަދި ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޕީޓަރ ސިޔަރޓޯއެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ހަންގޭރީގެ ޔުނިވަރސިޓީތަކުގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޕީއެޗްޑީ ފެންވަރުގެ ސަނަދުތައް ހާސިލުކުރުމުގެ ފުރުޞަތު ދިވެހިނަށް ލިބޭނެ ކަމަށެވެ. އަދި 2025 ވަނަ އަހަރުން ފެށިގެން 2027 ވަނަ އަހަރާ ހަމައަށް، ކޮންމެ އަހަރުކުވެސް 25 ސްކޮލަރޝިޕްގެ ފުރުޞަތު ލިބޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މި ސްކޮލަރޝިޕްތައް ދިވެހިންނަށް ފަހިކޮށްދެނީ ހަންގޭރީގެ ސަރުކާރުން ކުރިއަށްގެންދާ ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމްގެ ދަށުންނެވެ. މި ޕްރޮގްރާމަކީ ބައިނަލްއަޤްވާމީ ދަރިވަރުން ހަންގޭރީގައި މަތީ ތައުލީމު ހާޞިލުކުރުމަށް ޝައުގުވެރިކުރުވުމަށާއި ދަރިވަރުންނަށް ހަންގޭރީގައި އަމިއްލަ އަދި ރަސްމީ ގުޅުންތައް ގާއިމުކުރުމުގެ ފުރުޞަތު ހޯދާދިނުމުގެ އިތުރުން ޔޫރަޕްގައި ތިބެ، އެންމެ މަތީ ފެންވަރުގެ ސެޓްފިކެޓްތައް ހާސިލުކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ހަންގޭރީ ސަރުކާރުން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
