
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ)
ފަލަސްޠީނުގެ މުސްލިމުންނާމެދު ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވައި، އެކަމަށް ޔަހޫދީންގެ ވެރިން ޖަވާބުދާރީކުރުވަންޖެހޭކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން ނިއުޔޯކްގައި ބޭއްވި މަތީ ފަންތީގެ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާނީ ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައިކަމަށެވެ. އަދި އދ.ގައި ކުރިއަށްދިޔަ ކޮންފަރެންސްގައި ޤައުމުތަކުން ވަނީ ސާފު މެސެޖެއް ދީފައިކަމަށާއި، އެއީ ފަލަސްޠީނު ރައްޔިތުންނަށް އިންސާފާއި އަމާންކަން ޤާއިމްކޮށްދީ، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުންކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ މެދު ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާއި ޖަރީމާތަކާއި ލާއިންސާނީ ޢަމަލުތަކަށް ޔަހޫދީންނާއި އެ މީހުންގެ ވެރިން ޖަވާބުދާރީކުރުވަންޖެހޭކަން ބައިނަލްއަޤްވާމީ މުޖްތަމަޢުއިން ޤަބޫލުކުރާކަން މި ކޮންފަރެންސުން ހާމަވެގެންދިޔަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
The Maldives will always raise our voice for Palestinians and for Palestine.
At the High-level International Conference on the Question of Palestine and the Implementation of the Two-State Solution, the message was clear:
1⃣The harder the moment, the clearer the choice: peace,… pic.twitter.com/xBthXnKEW6
— Abdulla Khaleel (@abkhaleel) September 22, 2025
ފަލަސްޠީނުގެ މައްސަލައާ ގުޅޭގޮތުން އދ.ގެ ބޭއްވި މަތީ ފަންތީގެ ކޮންފަރެސް އޮތީ ހޯމަ ދުވަހުއެވެ. މި ބައްދަލުވުމުގެ ކޯ-ޗެއަރއަކީ ސަޢުދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތެވެ. 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށްވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
