
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަކީ ޣައްޒާގައި ވެރިކަންކުރާ ޙަމާސަށް ދެވޭ ހަދިޔާއެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަ ކުރައްވައިފިއެވެ. ޓްރަމަޕް މި މޭރުމުން ވާހަކަދައްކަވާފައި މި ވަނީ ހުޅަނގުގެ ގިނަ ޤައުމުތަކަކުން ފަލަސްޠީނުގެ މިނިވަން ބަލައިގަނެފައި ވަނިކޮށް އދގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ. ޓްރަމްޕްގެ ވާހަކަފުޅުގައި އޭނާ ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމުގެ ބަދަލުގައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ޔަހޫދީން ދަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ދަތިކޮށް، ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންނެވެ. ޣައްޒާގެ ޙާލަތު އެކި މަންސަތައް މެދުވެރިކޮށް މުޅި ދުނިޔެއަށް ފެންނަމުންދާއިރު، ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކޮށް ގިނަ ޢަދަދެއްގެ މީހުން ދަނީ އަޑުއުފުލަމުންނެވެ. މި ޙާލަތުގައި ސަރުކާރުތަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ވެސް ޤައުމުތަކުގެ ރައްޔިތުން ދަނީ ސަރުކާރުތަކަށް ގޮވައިލަމުންނެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައި ހުޅަނގުގެ ބޮޑެތި ޤައުމުތައް ކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާއާއި ޕޯޗުގަލުން ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގެންފައެވެ. އެ ޤައުމުތަކުން ވެސް މަސައްކަތް ކުރަނީ ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ކުރިއެރުވުމަށެވެ. ނަމަަވެސް އެ ނިންމުމުގެ ސަބަބުން ޔަހޫދީންނާއި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ޓްރަމްޕްގެ ވާހަކަފުޅުގައި އދއާ ގުޅޭގޮތުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. ތަޤުރީރު ދެއްވަމުން ދަނިކޮށް ޓްރަމްޕް ބޭނުންކުރައްވަމުން ދިޔަ ޓެލެޕްރޮމްޓަރއަށް މައްސަލައެއް ދިމާވުމުން އެކަން ވެސް އޭނާ ސިފަކުރެއްވީ އދގެ ނުކުޅެދުންތެރިކަމެއްގެ ގޮތުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
