
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއާއި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާ ދެމެދު ބަލި މީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ދަތުރުކުރެވޭނެ އިންތިޒާމު އަލުން ހަމަޖައްސައިދިނުމަށް ހުޅަނގުގެ ޤައުމުތަކުން ގޮވާލައިފިއެވެ. އެ ޤައުމުތަކުން ވަނީ، ޣައްޒާގެ ރައްޔިތުންނަށް ހުޅަނގު އައްސޭރީގައި ބޭސް ފަރުވާ ކޮށްދިނުމަށް ޚަރަދުކުރުމަށާއި، ޞިއްޙީ ޚިދުމަތްތެރިންނާއި ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައެވެ. ގިނަ ޤައުމުތަކަކުން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ ބަލިމީހުން ހުޅަނގު އައްސޭރިއަށް ގެންދެވޭނެ މަގު އަލުން ހުޅުވައިދިނުމަށް ޒަޔަނިސްޓު ޔަހޫދީންގެ ކިބައިން އެދޭ ކަމަށެވެ. އަދި ބޭހާއި ބޭސް ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު ޣައްޒާއަށް އެތެރެކުރުމަށް ފުރުޞަތު ދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެއެވެ. އެ ބަޔާނުގައި ސޮއިކޮށްފައިވާ 24 ޤައުމުތަކުގެ ތެރޭގައި އޮސްޓްރިޔާއާއި ބެލްޖިއަމްއާއި ކެނެޑާއާއި ފަރަންސޭސިވިލާތާއި އިޓަލީވިލާތާއި ވިލާތުގެ އިއްތިޙާދާއި ޕޮލެންޑު ހިމެނެއެވެ. ނަމަވެސް އެ ބަޔާނުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަރުގާރު ކަމުގައިވާ އެމެރިކާއިން ސޮއިކޮށްފައެއް ނުވެއެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެ ކުރިން ވެސް ޣައްޒާގެ ރައްޔިތުންނަށް ބޭސް ފަރުވާ ކުރުމަށް ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސަށް އެތެރެވުމުގެ ފުރުޞަތު ދިނުމަށް ގޮވާލާފައިވާ ގޮވާލުންތަކަށް ނިރުބަވެރި ޔަހޫދީން ދީފައި ވަނީ ބީރު ކަންފަތެކެެވެ. ނިމުނު އޮގަސްޓު މަހުގެ ފަހުކޮޅު އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކުން ވަނީ ޣައްޒާއަށް އެތެރެ ވަނީ އެ ސަހަރަށް ބޭނުންވާ އެހީގެ ސާމާނުގެ ކުޑަ މިންވަރެއް ކަމަށް ބުނެފައެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ވެސް ވަނީ ޣައްޒާގެ ޞިއްޙީ ނިޒާމު އެއްކޮށްހެން ފުނޑުފުނޑުވެފައިވާ ކަމުގެ އިންޒާރު ދީފައެވެ.
ޣައްޒާގެ ބަނޑަށް ޖެހިފައިވާ ކުޑަކުދިންނާއި ޒަޚަމްވަމުންދާ ރައްޔިތުންގެ ފޮޓޯތަކާއި ވީޑިޔޯތައް މީސްމީޑިޔާގައި އާއްމުވަމުންދާއިރު ފަލަސްޠީނުގެ ހައްޤުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ދަނީ އަޑުއުފުލަމުންނެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ އެތައް ޖަމްޢިއްޔާއަކާއި އިލްމުވެރިންނާއި އދގެ ކޮމިޝަނަކުން ވަނީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކަކީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ދެމުންދާ ޙަމަލާތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ޙާލަތުގައި ހުޅަނގުގެ ގިނަ ޤައުމުތަކަކުން ދަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނަމުންނެވެ. އެ ގޮތުން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއާ ގާތް ގުޅުމެއް އޮންނަ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަނެފައެވެ. އަދި ޔަހޫދީންނާއެކު ފަލަސްޠީނުގެ މިނިވަން ދައުލަތެއް އޮންނަ ސިޔާސަތާ އެއްކޮޅަށް ވެސް ގިނަ ޤައުމުތަކަކުން ދަނީ ވަކާލާތު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
