
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޕާކިސްތާނަށް ކުރި މޫސުމީ ވިއްސާރައިގައި އެ ޤައުމުގައި މީން ޒަމާނަކު ފެން ބޮޮޑު ނުވާ މިންވަރަށް ފެން ބޮޑުވެ، އެ ޤައުމުގެ ސިނާޢީ މަރުކަޒުތަކާއި ރަށްފުށު ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ޕާކިސްތާނަށް ލިބިފައިވާ ގެއްލުމުގެ އަގު އެތައް ބިލިޔަން އެމެރިކާ ޑޮަލަރަށް އަރާއިރު، އެ ކާރިޘާގެ ސަބަބުން އެ ޤައުމުގައި ކާބޯތަކެތި ލިބުމަށް ދަތިވެ، އެކްސްޕޯޓު ދާއިރާއަށް ނޭދެވޭ އަސަރުތައްކޮށް، އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވެއެވެ. ޕާކިސްތާނުގެ ސަރުކާރުން 2026ވަނަ އަހަރާމެދު ގިނަ އުއްމީދުތަކެއް ދިޔައީ ކުރަމުންނެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާއެއް ކަމަށްވާ އައިއެމްއެފްގެ އެހީތެރިކަމާއެކު ޕާކިސްތާނުގެ އިޤްތިޞާދު ހަމައަކަށް އެޅުވުނީ ކަމަށް ބެލެވިފައި ވަނިކޮށް، އަދި ދަނޑުވެރިކަމާއި އުފެއްދުންތެރިކަން ކުރިއަރައި 4.2 އިންސައްތައިން އިޤްތިޞާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނިކޮށް ޖޫން މަހުގެ ފަހު ކޮޅު ޕާކިސްތާނަށް ކުރިމަތިވި މޫސުމީ ވާރެޔާއެކު ކުރިއަށް އޮތް އަހަރާމެދު ކުރެވެންދިޔަ އުއްމީދުތައް ވަނީ ވަޅުލެވިފައެވެ. ބޯ ވާރޭގައި އެ ޤައުމުގައި ފެން ބޮޑުވަމުން ދަނިކޮށް ޤައުމުގެ ޙާލަތު އިތުރަށް ގޯސްވީ އިންޑިޔާއިން ބައެއް ޑޭމްތަކުގެ ފެން ޕާކިސްތާނަށް ދޫކޮށްލުމާ ގުޅިގެންނެވެ. އެއާއެކު ޕާކިސްތާނުގެ އެެންމެ އާބާދީ ބޮޑު ދެ ޕްރޮވިންސު ކަމަށްވާ ޕަންޖާބާއި ސިންދުގެ ބޮޑު ބައި ވަނީ ފެނު އަޑީގައެވެ.
ބައެއް ސަރަޙައްދުތަކުން އަދިވެސް ފެން ހިނދިފައި ނުވާއިރު، ފެން ބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން 2022ވަނަ އަހަރު އެ ޤައުމަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުމަށްވުރެ ބޮޑު ވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. 2022ވަނަ އަހަރުގެ ތެރޭގައި ޕާކިސްތާނުގެ ތިންބައި ކުޅަ އެއްބައި އޮތީ ފެނު އަޑީގައެވެ. ނަމަވެސް މި އަހަރުގެ ފެން ބޮޑުވުމުގެ ކާރިޘާގައި ލިބުނު ގެއްލުން އެއަށްވުރެ ބޮޑު ވާނެ ކަމަށް ބެލެވެނީ ދަނޑުބިންތައް ހަލާކުވެ ކާރުޚާނާތަކުގެ މަސައްކަތް ހުއްޓި، އިޤްތިޞާދީ މައި ދެ ދާއިރާ ކަމަށްވާ ދަނޑުވެރިކަމާއި އެކްސްޕޯޓަށް ބޮޑެތި އަސަރުތައް ކޮށްފައިވާތީއެވެ. ދަނޑުވެރިކަމާ ގުޅޭ ކަންކަން ދިރާސާކުރާ ޖިއޯގްލެމުުން ތައްޔާރުކުރި ރިޕޯޓެއްގައި ބުނީ އޮގަސްޓު މަހުގެ 1ވަނަ ދުވަހާއި ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހާ ދެމެދު ޕާކިސްތާނުގެ 220،000 ހެކްޓަރުގެ ހަނޑޫ ދަނޑުތަކުގައި ފެން ބޮޑުވެ ގެއްލުން ލިބިފައިވާ ކަމަށެވެ. ޕާކިސްތާނުގައި ހަނޑުލާއި ކަފައާއި ޒުވާރި އެންމެ ގިނައިން ހައްދާ ޕަންޖާބުގެ 728,434 ހެކްޓަރުގެ ދަނޑުބިންތަކުގައި ފެން ބޮޑުވެފައިވާ ކަމަށް އެ ޕްރޮވިންސުގެ ކަމާބެހޭ އިދާރާއިން ބުނެއެވެ.
ހަނޑޫ ދަނޑުތަކުގެ 50 އިންސައްތަ އަދި ކަފައާއި ޒުވާރި ދަނޑުތަކުގެ 60 އިންސައްތައަށް ގެއްލުން ލިބިފައިވާ ކަމަށް އިދާރާތަކުން ބުނާއިރު ދަނޑުތަކަށް ލިބިފައިވާ ގެއްލުމުގެ އަގު 3.53 ބިލިޔަން އެމެެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އަންދާޒާކޮށްފައިވެއެވެ. އެ ޤައުމުގެ ދަނޑުތަކުގެ 10 އިންސައްތަ ހަލާކުވެ ގޮސްފައިވާ ކަމަށާއި އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ސަރަޙައްދުތަކުގެ ހުރިހާ ތަރުކާރީ ދަނޑުތަކުގެ 90 އިންސައްތަ ފަނާވެ ގޮސްފައިވާ ކަމަށް ވެސް އިދާރާތަކުން ބުނެއެވެ. ފެންބޮޑުވުމުގެ ސަބަބުން ކާރުޚާނާތަކާއި ސިނާޢީ ސަރަޙައްދުތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ޚާއްޞަ ގޮތެއްގައި ފޭރާން އުފެއްދުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރާ ސިއަލްކޮތަށް ވެސް ގެއްލުންތައް ލިބިފައިވެއެވެ. އެކްސްޕޯޓުގެ ބޮޑު ބައި ޙިއްޞާކުރާ މި ދާއިރާއަށް ލިބުނު ގެއްލުންތަކާއި ދަނޑުވެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުންތަކާއެކު އިޤްތިޞާދަށް ލިބުނު ހީނަރުކަން ވަކިން ބޮޑަށް އިތުރުވެގެން ދިޔައެވެ. ކެއުންބުއިމަށް އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގު ބޮޑުތަނުން އުފުލި، އެ އަގުތައް މިހާރު ހުރީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މައްޗަށް ނުދާހާ ބޮޑަށް އިތުރުވެފައެވެ.
ޕާކިސްތާުނުގެ ސަރުކާރުން ދަނީ ޤައުމަށް ލިބިފައިވާ ގެއްލުންތައް ތަފްޞީލީ ސިފައެއްގައި ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޤައުމުގެ މަރުކަޒީ ބޭންކުން ވަނީ ބާޒާރުތަކުގައި ތަކެތި ލިބުމަށް ދަތިތަކެއް ދުވަސްތަކެއް ވަންދެން ހުންނާނެ ކަމުގެ އިންޒާރު ދީފައެވެ. އެ ޤައުމުން އިމްޕޯޓަށް ޚަރަދުކުރާ އެކައުންޓުގެ ޑެފިސިޓް ހަތް ބިލިޔަން ޑޮލަރުން އިތުރުވެދާނެ ކަމުގެ ބިރު ވެސް އޮތީ ހީވެފައެވެ. ޖޫން މަހުގެ 26ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފެން ބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގައި 1،006 މީހުން ވަނީ މަރުވެފައެވެ. ޕަންޖާބާއި ސިންދު ޕްރޮވިންސުން 2.5 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
