
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ނޭޕާލްގައި މި މަހުގެ ކުރީކޮޅު ހިންގި ހަމަނުޖެހުންތަކާއި، އެ ހަމަނުޖެހުންތަކާ ގުޅިގެން 74 މީހުން މަރުވި ހާދިސާ ތަޙުޤީޤު ކުރުމަށް އެ ޤައުމުގެ އިންތިޤާލީ ސަރުކާރުން ޚާއްޞަ ޕެނަލެއް އެކުލަވައިލަފިއެވެ. މި ކަމަށް ޚާއްޞަކޮށްފައިވާ ޕެނަލެއް އެކުލަވައިލައްވަން ނިންމަވާފައި ވަނީ އެ ޤައުމުގެ އިންތިޤާލީ ބޮޑުވަޒީރު އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާރްކީއެވެ. ނޭޕާލްގެ ސަރުކާރާ ދެކޮޅަށް ތެދުވެ، ހަމަނުޖެހުން ހިންގާފައި ވަނީ ‘ޖެން ޒީ’ އުމުރުފުރައިގެ މީހުންނާއި ޒުވާނުންނެވެ. ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީގެ ސަރުކާރާ ދެކޮޅަށް އެ މީހުން މުޒާހަރާ ކުރަން ފަށާފައި ވަނީ، މީސްމީޑިޔާގެ ބައެއް މަންސަތައް މަނާ ކުރުމަށް އޮލީ ނިންމެވުމާ ގުޅިގެންނެވެ. ނަމަވެސް، މުޒާހަރާތައް ހަމަނުޖެހުންގަނޑަކަށް ބަދަލުވުމާ އެކު އޮލީ ވަނީ އޭނާގެ ސަރުކާރާ އެކު އިސްތިޢުފާ ދެއްވާފައެވެ. އިސްތިޢުފާ ދެއްވުމުގެ ކުރިން އޭނާ ވަނީ މީސްމީޑިޔާގެ މަންސަތައް މަނާ ކުރުމަށް ނިންމި ނިންމުން ބަދަލު ކުރައްވާފައެވެ.
އޮލީގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ވެރިރަށް ކަތުމަންޑޫގެ މަގުތަކަށް ނިކުތް ޒުވާނުން ވަނީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ވެސް އަޑު އުފުލާފައެވެ. އެ މުޒާހަރާތަކާ އެކު ފެށިގެން ދިޔަ ހަމަނުޖެހުންގަނޑަކީ، ފަހުގެ ތާރީޚެއްގައި ނޭޕާލްގައި ހިންގާފައިވާ އެންމެ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެވެ. އެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 74އަށް އުފުލިފައިވާއިރު، އިތުރު 2,100އަށްވުރެ ގިނަ މީހަކަށް ވަނީ އަނިޔާވެފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ނޭޕާލަށް އުމްރާނީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ގޮތުން، ބޮޑުވަޒީރުގެ އޮފީހާއި، ސުޕްރީމް ކޯޓު އަދި ޤާނޫނު ހަދާ މަޖިލިސް ހުންނަ އިމާރާތަަށް ޙަމަލާ ދީ، އެ ތަނުގައި ހުޅުޖަހާފައިވެއެވެ. އަދި، ޢާންމުންގެ ގެދޮރާއި މުދަލުގެ އިތުރުން މަޝްހޫރު ހޮޓާތަކާއި ގިނަ އަދަދެއްގެ އެއްގަމު އުޅަނދުގައި ވެސް ހުޅުޖަހައި، ބޮޑެތި ގެއްލުންތަކެއް ދިނެވެ.
އެ ހަމަނުޖެހުންތަކުގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ނިންމާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ އިންތިޤާލީ ސަރުކާރުގެ މާލީ ވަޒީރު ރާމޭސްވޮރް ކަނާލެވެ. އޭނާ ވިދާޅުވީ، އެ ޕެނަލުގައި ތިން މެންބަރުން ހިމެނިވަޑައިގަންނަވާނެ ކަމުގައެވެ. އަދި، ޕެނަލްގައި އިސްކޮށް ހުންނަވާނީ ރިޓަޔަރ ކުރައްވާފައިވާ ފަނޑިޔާރެއް ކަމުގައިވާ ގޯރީ ބަހާދުރް ކާރްކީ ކަމުގައެވެ. ތަޙުޤީޤު ނިންމުމަށް އެ ޕެނަލަށް ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ހަމަނުޖެހުންތަކުގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ކުރީގެ ބޮޑުވަޒީރު އޮލީ ވެސް ވަނީ ގޮވައިލައްވާފައެވެ. އޭނާ ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދިނުމަށް އޭނާގެ ސަރުކާރުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައި ނުވާނެ ކަމުގައެވެ. އަދި، މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދިނުމަށް ބޭނުން ކޮށްފައިވާ ހަތިޔާރުތަކަކީ ފުލުހުން ބޭނުން ކުރާ ފަދަ ހަތިޔާރުތަކެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
