
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރެމުންދާ ޔަހޫދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަން ސިންގަޕޫރުން ހާމަކޮށްފިއެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ސިންގަޕޫރުން ވެސް ވަނީ، ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ތާޢީދު ކުރާ ކަން ހާމަކޮށްފައެވެ. ފަލަސްޠީނުގެ މިނިވަން ކަމަށް ތާޢީދު ކުރާ ކަން ސިންގަޕޫރުން ހާމަކޮށްފައި މި ވަނީ، ޔަހޫދީންގެ އެކުވެރިންގެ ގޮތުގައި ބެލެވޭ ގިނަ ޤައުމުތަކަކުން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަންނަމުންދާ ދަނޑިވަޅެއްގައެވެ. ސިންގަޕޫރުން ބުނީ، އެންމެ އެކަށީގެންވާ ހާލަތެއް މެދުވެރިވުމުން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ނިންމާފައިވާ ކަމުގައެވެ. މިއީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅު ކަން ހާމަ ކުރުމުގެ ގޮތުން ސިންގަޕޫރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެކެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000އަށްވުރެ މައްޗަށް އުފުލިފައެެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 158,000އަށް އަރައެވެ.
ޔަހޫދީންގެ ޤަތުލުޢާންމާއި ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ހުޅަނގުގެ ބާރުތަކާއި ޔަހޫދީންގެ އެކުވެރިން ދަނީ ބަސް ބުނަމުންނެވެ. ފަލަސްޠީނުގެ މިނިވަން ކަން އެންމެ ފަހުން ބަލައިގަނެފައިވާ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިޔާ ހިމެނެއެވެ. އެ ލިސްޓަށް ފަރަންސޭސިވިލާތް ވެސް އިތުރުވާނެއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރެމުންދާ ޔަހޫދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސިންގަޕޫރުގެ ސަރުކާރުން ނިންމާފައިވާ ކަން ހާމަ ކުރައްވާފައި ވަނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިވިޔަން ބާލްކްރިޝަނަނެވެ. ސިންގަޕޫރުގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބާލްކްރިޝްނަން ވަނީ ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގޮވައިލަމުންދާ އިސްރާއީލުގެ ހައްދުފަހަނަ އެޅި ވަޒީރުންނަށް ފާޑު ވިދާޅުވެފައެވެ.
“ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ތަންތަނުގައި ގެދޮރު އިމާރާތް ކުރުން ހުއްޓައިލައި، [ޔަހޫދީންގެ] ބިން ބޮޑު ކުރުމަށް ހިންގަމުންދާ ޖަރީމާ ހުއްޓައިލަން ގޮވައިލަން،” އޭނާ ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ހުޅަނގު އައްސޭރީގެ އީ1ގެ ނަން ދީފައިވާ ސަރަޙައްދު ފޭރިގަތުމަށް ޔަހޫދީން މިހާރު ހިންގަމުންދާ ޖަރީމާތަކަށެވެ. “ދެ ދައުލަތް [ފަލަސްޠީނާއި ޔަހޫދީންގެ] ޤާއިމު ކުރުމުގެ އުންމީދަށް ހުރަސް އެޅޭ ހުރިހާ އަމަލަކާ އަޅުގަނޑުމެން ދެކޮޅު ހަދަން،” އޭނާ ވިދާޅުވިއެވެ. އެ ކަމާ ދެކޮޅު ހެދުމުގެ ގޮތުން ސިންގަޕޫރުން އެޅުމަށް ނިންމާފައިވާ ހަރުކަށި ފިޔަވަޅުތައް ފަހުން އިޢުލާނު ކުރައްވާނެ ކަން ވެސް އޭނާ ހާމަ ކުރެއްވިއެވެ.
ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، އެ ބިމުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޮޅު ކަމެކެވެ. އަދި، ކުށްވެރި ކުރަމުންދާ ޖަރީމާއެކެވެ. އެ ކަމާ ދެކޮޅަށް ފާޅުގައި ބަސްބުނަމުން ނުދާ މަދު ޤައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނެއެވެ. ސަބަބަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައި ވުމެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ހުރިހާ ޖަރީމާތަކަކަށް ޓްރަމްޕް ގެންދަ ވަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެ ޖަރީމާތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
