
ނާލާފުށީގެ ބިންހިއްކައި، މުލި – ނާލާފުށި ކޯޒްވޭގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދިނުމަށް މަސައްކަތްކުރައްވާނެކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢުއްޒު ވިދާޅުވެއްޖެއެވެ. ނާލާފުށީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށަށް އެންމެ މުހިންމުވެފައިވާ މަޝްރޫޢުތައް އިޢުލާނުކުރައްވާފައެވެ. ރައީސް ވިދާޅުވީރައްޖޭގެ އެހެން ބައެއް ރަށްތަކޭއެއްފަދައިން ބިން ފުރި، ބިމުގެ ދަތިކަމުގެ މައްސަލައަކީ ނާލާފުށްޓަށްވެސް މިވަގުތު ދިމާވެފައިވާ ދަތިކަންކަމަށެވެ. އޭގެ ސަބަބުން ގެދޮރުވެރިކަމާ އިޤްތިޞާދީ ކުރިއެރުމަށްވެސް ހުރަސްއެޅިފައިވާކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ މިދަތުރުޅުގެ ތެރެއިން ސޮއިކުރި ބަނދަރުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢާއި، ބިންހިއްކުމާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު އެކުއެކީގައި ކުރިއަށްގެންދެވުމަށް ސަރުކާރުން ނިންމެވީކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުލި-ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢުގެވެސް ސްޕީޑް އަވަސްކޮށް، ވީހާވެސް އަވަހަށް ނިންމަވައިދެއްވާނެކަމަށް ރައީސް ދާޅުވިއެވެ. “ބިންހިއްކުމުގެ މަޝްރޫޢުގައި މިހާރު މިރަށުގެ ބިމަށްވުރެ ބޮޑު ބިމެއް ހިއްކޭނެ. މިހާރު ރަށުގެ ބޮޑުމިނަކީ 12 ހެކްޓަރު، އަދި އިތުރުކުރާނަން 15 ހެކްޓަރު. އެހެންވީމަ ކޯޒްވޭގެ މަސައްކަތާއި ބިންހިއްކުމާއި މި މަސައްކަތްތައް މި އަހަރު ބާރު ސްޕީޑްގައި ފަށައިގަނެ ކުރިއަށްދާނެ” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދުނުގޮތަށް ފެނާއި، ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތްވެސް އަވަހަށް ނިންމައިދީ، ރައްޔިތުންގެ ތަކުލީފުތަކަށް ނިމުން ގެންނަވާނެކަމަށެވެ. މީގެއިތުރުން ފުލުހުންގެ އިމާރާތާ، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ބާރަށް ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި، ސްކޫލަށް ޖާގަ އިތުރުކުރުމަށް ފަށާފަވާ މަސައްކަތްވެސް، އަންނަ ދިރާސީ އަހަރަށް ނިންމަވާނެކަމަށް އެމަނިކުފާނެ ވިދާޅުވިއެވެ. ނާލާފުށީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތުގެ އަމަލީ މަސައްކަތްވެސް ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭގައި ފަށައި، އެ އެތަނުގައި 4 އެނދުގެ އިމަރޖެންސީ ރޫމަކައި، ލެބޯޓްރީއާ އަދި އެނޫންވެސް މުހިންމު ޚިދުމަތްތަކެއް ޤާއިމުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްވަނީ ރަށުގައި ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށްދެއްވަނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ރޮސްޓްރަމްއާއެކު ފުޓްބޯޅަ ދަނޑު ޑިޒައިންކޮށްފަވާއިރު، އެތަން ތަރައްޤީކުރާނީ ހޭންބޯލް ކުޅުމަށްވެސް ބޭނުންކުރެވޭ ދަނޑެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ. އަދި ރަށުގެ ކުނި މެނޭޖުކުރާ ފެސިލިޓީގެ ޢަމަލީ މަސައްކަތްވެސް މިއަހަރު ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. ރައްޔިތުން އުއްމީދުކުރާ ތަރައްޤީ ޙާސިލްކޮށްދެއްވާނެކަމަށާއި، މިހާރު މި ފެށިގެންދާ މުހިންމު މަޝްރޫޢުތައް ނިންމައި، އެކަން ފާހަގަކުރެއްވުމަށް މާލަސްތަކެއް ނުވެ ރައްޔިތުންނާ ބައްދަލުކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
