
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާއި އެމެރިކާއަށް ގޮންޖަހައި، އދގެ އާންމު މަޖިލިހުގެ އަހަރީ ބައްދަލުވުމުގެ ތެރެއިން ދުނިޔޭގެ އެތައް ޤައުމަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގެންފިއެވެ. 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޣައްޒާގެ ޙާލަތު މުޅި ދުނިޔެއަށް ފެންނަމުންދާއިރު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ހައްޤުގައި ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އަދި ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ސަރުކާރުތަކަށް ގޮވައިލަމުންނެވެ.
އާންމު މަޖިލީހުގައި ފަލަސްޠީނުގެ މިނިވަންކަން ރަސްމީކޮށް ބަލައިގެން ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ފަރަންސޭސިވިލާތެކެވެ. ސައުދީ ޢަރަބިއްޔާއާއި ފަރަންސޭސިވިލާތާ ދެ ޤައުމުން އިންތިޒާމްކޮށްގެން ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮތުމާ ގުޅޭ ސިޔާސަތާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުން ފައްޓަވަމުން މެޚްރޮން ވިދާޅުވީ ޞުލްޙައާ ހަމައަށް ވާޞިލްވެވޭނެ މަގު ކޮށައިދޭން ޖެހޭ ކަމަށެވެ. އަދި ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ތަންފީޒު ކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮންމެ ޤައުމަކުން ވެސް ކުރަން ޖެހޭ ކަމަށެވެ.
ފަރަންސޭސިވިލާތާއެކު ފަލަސްޠީނުގެ މިނިވަންކަން ބަލައިގެން ޤައުުމުތަކުގެ ތެރޭގައި ލަކްސެމްބޯގްއާއި މޮލްޓާއާއި ބެލްޖިއަމްއާއި މޮނާކޯ އާއި އަންޑޯރާ ވެސް ހިމެނެއެވެ. ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަހު އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާއާއި ޕޯޗުގަލުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގެންފައެވެ. އިނގިރޭސިވިލާތުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ނިންމުމެކެވެ. އެއީ އެ ޤައުމަކީ އެންމެ ފުރަތަމަ ޔަހޫދީ ދައުލަތް އުފެއްދުމުގައި ބޮޑު ދައުރެއް ޢަދާ ކުރި ޤައުމަކަށް ވާތީއެވެ. 2024ވަނަ އަހަރުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތް ސްޕެއިންގެ ބޮޑުވަޒީރު ޕްޑްރޯ ސަންޗެޒް ވިދާޅުވީ ފަރަންސޭސިވިލާތުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމާއެކު އދގެ ސަލާމަތީ މަޖިލީހުގެ ދެ ޤައުމުން މިހާރު ފަލަސްޠީނުގެ ބަލައިގަންނަ ކަމަށެވެ. ހުޅަނގުގެ ޤައުމުތަކުގެ ތެރޭގައި މިހާރު ގިނައީ ފަލަސްޠީނު ބަލައިގަންނަ ޤައުމަތައް ކަމަށް އޭނާ ވިދާޅުވިއެވެ.
އާންމު މަޖިލީހުގައި ވީޑިޔޯ މެދުވެރިކޮށް ތަޤުރީރުކުރައްވަމުން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަން މިހާތަނަށް ބަލައިގަނެފައި ނުވާ ޤައުމުތަކުން އެ ދައުލަތް ބަލައިގަތުމަށް ގޮވައިލައްވައި ކަމަށެވެ. ފަލަސްޠީނަކީ އދގެ ފުރިހަމަ މެންބަރަކާށް ވުމަށް ޤައުމުތަކުން ވާގިވެރިވުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔުބް ޢުރުދުޣާންއާއި ކެނެޑާގެ ރައީސް މާކް ކާނީގެ އިތުރުން އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚޭޝް ވެސް ބައްދަލުވުމުގައި ވާހަކަ ދައްކަވާފައިވެއެވެ. އދގެ މި ބައްދަލުވުމުގައި ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަރުގާރު ކަމުގައިވާ އެމެރިކާއިން ބައިވެރިވުމަށް ވަނީ ދެކޮޅުހަދައިފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
