
ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ދެކޮޅަށް އިޓަލީވިލާތުގައި މުޒާހަރާކޮށް، އެ ޤައުމުގެ ބައެއް ބަނދަރުތައް ހުއްޓުމަކަށް ގެނެސްފިއެވެ. އިޓަލީވިލާތުގެ ބަނދަރުތަކުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މީހުން ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ބަނދަރުތަކުގައި މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުރަސް އަޅައިފައެވެ. އެ މީހުން އެ ގޮތަށް ޢަމަލު ކުރީ ޣައްޒާއަށް ޙަމަލާ ދިނުމަށް ޔަހޫދީން ބޭނުންކުރާ ހަތިޔާރު އެ ބަނދަރުތައް މެދުވެރިކޮށް އުފުލުން ހުއްޓުވުމުގެ ގޮތުންނެވެ. މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވެރިވެފައިވާއިރު، އެއްވުންތަކުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިންގާފައިވެއެވެ. އެގޮތުން މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފައިވެއެވެ. ހަމަނުޖެހުންތަކާ ގުޅިގެން މިލާންގައި 10 މީހުން ހައްޔަރުކޮށްފައިވާއިރު، އެ ކުރިމަތިލުންތަކުގައި 60 ފުލުހުންނަށް ވެސް އަނިޔާވެފައިވެއެވެ.
މުޒާހަރާތަކުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި ޓްރެފިކަށް ވެސް އަސަރުކޮށްފައިވެއެވެ. ދަަތުރުފަތުރުގެ ނިޒާމުތަކަށް އަސަރުކޮށްފައިވާއިރު ބައެއް ރޭލު ސްޓޭޝަންތަކުން ދެމުން ދިޔަ ޚިދުމަތަށް ބުރޫ އަރާފައިވެއެވެ. އަދި ބައެއް މަދަރުސާތައް ވެސް ވަނީ ބަންދުކޮށްފައެވެ. އިޓަލީވިލާތުގެ ބޮޑުވަޒީރު، ޖިއޯޖިޔާ މެލޮނީ ވަނީ މުޒާހަރާތަކުގައި ހިނގި އަރައިރުންތަކާއި ގެއްލުން ދިނުމުގެ ޢަމަލުތައް ކުށްވެރިކުރައްވައިފައެވެ. އެ ފަދަ ޢަމަލުތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ ޙާލަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެ މެލޮނީ ފާހަގަކުރެއްވީ އޭގެ ސަބަބުން އިޓަލީވިލާތުގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތަކެވެ.
2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޣައްޒާގެ ޙާލަތު މުޅި ދުނިޔެއަށް ފެންނަމުންދާއިރު ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ހައްޤުގައި ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
