
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މި ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް، ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު، އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެންފިއެވެ. ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނީ، މިއީ 1967 ވަނަ އަހަރަށް ފަހު، އދގެ ބައްދަލުވުންތަކުގައި ސޫރިޔާގެ ވެރިޔަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށެވެ. މިގޮތުން، މާދަމާ ފެށުމަށް ހަމަޖެހިފައިވާ އދގެ އާންމު މަޖިލީހުގެ ބަހުސްގައި، ޝަރާޢު ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެޗްޓީއެސުން އަސްކަރީ ބަޣާވާތެއްކޮށް ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކޮށްފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސަކީ ކުރިން އަލް-ނުޞްރާ ފްރަންޓުގެ ނަމުގައި ހަނގުރާމަ ކުރަމުން ދިޔަ ޖަމާޢަތެކެވެ. އެއީ، ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ އަލް-ޤާޢިދާއާ ގުޅުން އޮތް ގުރޫޕެކެވެ. ނަމަވެސް، 2016ވަނަ އަހަރު އަލް-ނުޞްރާ ފްރަންޓުން ވަނީ އަލް-ޤާޢިދާއާ ފެޔަށް ޖެހި، ގުޅުން ކަނޑައިލާފައެވެ.
ނަމަވެސް، މިދިޔަ ޖުލައި މަހުގެ ތެރޭގައި، ނިރުބަވެރި ޖަމާޢަތްތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް ވަނީ އުނިކޮށްފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނީ، ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފައި ވަނީ، ސޫރިޔާގެ އަހުލީހަނގުރާމައަށް ފަހު އެ ޤައުމު އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މަގުކޮށައިދިނުމުގެ ގޮތުން ކަމުގައެވެ. މި ގޮތުން، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް ވެސް އެމެރިކާއިން ވަނީ އުވައިލާފައެވެ. އެއާ އެކު، ބައިނަލްއަޤްވާމީ މާލީ ނިޒާމުގައި އަލުން ބައިވެރިވުމުގެ ފުރުޞަތު ސޫރިޔާއަށް މި ވަނީ ހުޅުވިފައެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުން ސޫރިޔާ އެކަހެރިކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށް މި ވަނީ މަގުފަހިވެގެން ގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
