
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާންގެ ބަޣްރާމް އަސްކަރީ ވައިގެ ބަނދަރު އެމެރިކާއާ ޙަވާލު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރެއްވުމުން، އެ ކަމަށް އިންކާރުކޮށް، ޓްރަމްޕްގެ އިންޒާރުތަކަށް ޠާލިބާނުން ރައްދު ދީފިއެވެ. ބަޣްރާމް ވައިގެ ބަނދަރަކީ، އެމެރިކާގެ އިސްތިޢުމާރީ ސިފައިން އަފްޣާނިސްތާނަށް އަރައި ކުރި 20 އަހަރު ދުވަހަށް ދެމިގެން ދިޔަ ހަނގުރާމައިގައި ބޭނުން ކޮށްފައިވާ މައި މަރުކަޒެވެ. އެ ތަން ޙަވާލު ކުރުމަށް ޓްރަމްޕް އަމުރު ކުރެއްވުމުން، އެ ޤައުމުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ ސަރުކާރުން މި ވަނީ އެ ކަމަށް އިންކާރު ކޮށްފައެވެ. ބަޣްރާމް ވައިގެ ބަނދަރު އެމެރިކާގެ އަސްކަރިއްޔާއާ ޙަވާލު ނުކޮށްފި ނަމަ، އަފްޣާނިސްތާނަށް “ގޯސް ކަންތައްތަކަކާ” ކުރިމަތިލާން ޖެހޭނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ. ނަމަވެސް، އެ އިންޒާރުތަކަށް ރައްދު ދެމުން ޠާލިބާން ސަރުކާރުން ބުނީ، އަފްޣާނިސްތާނުގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލު ބޭރު ބަޔެއްގެ އަތް މައްޗަށް ދޫކޮށްލުމުގެ ފުރުޞަތު ނޯންނާނެ ކަމުގައެވެ. އަދި، އަފްޣާނިސްތާނާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް އެމެރިކާއިން ވެފައިވާ އެއްބަސްވުމަށް އިޙުތިރާމު ކުރުމަށް ވެސް ޠާލިބާނުން ވަނީ ގޮވައިލާފައެވެ.
އެމެރިކާގެ ސަރުކާރުގެ ސިޔާސަތުތަކާއި އަމަލުތަކަށް ޠާލިބާނުން ހަޖޫޖަހާފައި ވެސް ވެއެވެ. މި ގޮތުން، ކުރިން ފޭލުވެފައިވާ ކަންކަމާއި އަމަލުތައް އަލުން ތަކުރާރު ނުކުރުމަށާއި، ޙަޤީޤީ ހާލަތަަށް ރިއާޔަތްކޮށް، އެ ހާލަތު ޤަބޫލު ކުރުމަށް ޠާލިބާނުން ވަނީ ޓްރަމްޕްގެ ސަރުކާރަށް ގޮވައިލާފައެވެ. އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އުތުރުން 50 ކިލޯމީޓަރު ދުރުގައި އޮތް ބަޣްރާމް އަސްްކަރީ ވައިގެ ބަނދަރަކީ އެ ޤައުމުގައި އޮތް އެންމެ ބޮޑު އަސްކަރީ މަރުކަޒެވެ. ދެ ދަހަރަށް ދެމިގެން ދިޔަ ހަނގުރާމައިގައި، އެ އަސްކަރީ މަރުކަޒު އޮތީ އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ އަތްދަށުގައެވެ. 2021ވަނަ އަހަރު އެ ހަނގުރާމަ ނިމުމަކަށް އައީ، އެމެރިކާގެ އިސްތިޢުމާރީ ސިފައިން އަފްޣާނިސްތާނުން ފޭބުމާ އެކުގައެވެ. އަދި، އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި، ޠާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަތުމާ އެކުގައެވެ. ނިރުބަވެރިކަމާ ދެކޮޅަށް ކަމުގައި ބުނެ އެމެރިކާއިން ކުރި ހަނގުރާމައިގެ ދަށުން، ބަޣްރާމް ވައިގެ ބަނދަރުގައި އެތަކެއް ހާސް ބަޔަކަށް ލާއިންސާނީ އަނިޔާތައް ދީފައިވާ ކަން ފަހުން ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި، ދަޢުވާއަކާ ނުލައި އެތަކެއް ހާސް ބަޔަކު ގިނަ އަހަރުތަކެއް ވަންދެން ހައްޔަރުގައި ބޭތިއްވުން ހިމެނެއެވެ. އަދި، އޭގެ ތެރެއިން ބައެއް މީހުންނަށް ލާއިންސާނީ އަނިޔާތައް ދީފައިވާ ކަން ވެސް ވަނީ ހާމަވެފައެވެ.
ބަޣްރާމް ވައިގެ ބަނދަރު އެމެރިކާއާ ޙަވާލު ކުރުމަށް ޓްރަމްޕް ގޮވައިލައްވާފައި ވަނީ ހުސްވި ހަފުތާގެ ތެރޭގައެވެ. އޭނާ ވިދާޅުވީ، އެ ކަމާ ގުޅޭ ގޮތުން ޠާލިބާން ސަރުކާރުގެ އިސް އޮފިޝަލުންނާ އެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ. އެ މަޝްވަރާތަކުގައި ޓްރަމްޕް ތަމްސީލު ކުރައްވާފައި ވަނީ އޭނާގެ މަންދޫބު އެޑަމް ބޮއެލަރއެވެ. މަޝްވަރާތަކަށް ބޮއެލަރ ވަނީ ކާބުލަށް ދަތުރު ކުރައްވާފައެވެ. “އަޅުގަނޑުމެން އެ ތަން [ބަޣްރާމް ވައިގެ ބަނދަރު] ބޭނުން، އެ ތަން ހަމަ މިހާރު ބޭނުން، އެ ކަމާ ގުޅޭ ގޮތުން އަފްޣާނިސްތާނާ މި ދަނީ މަޝްވަރާ ކުރަމުން، އެ މީހުން އެ ކަން ނުކޮށްފި ނަމަ [ޙަވާލު ނުކޮށްފި ނަމަ]، ދެން ވާނެ ގޮތް އެ މީހުންނަށް [ޠާލިބާނުންނަށް] ފެނިގެންދާނެ،” ޠާލިބާން ސަރުކާރަށް އިންޒާރު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ. ބަޣްރާމް އަލުން އެމެރިކާގެ އަތްދަށަށް ގެންދިޔުމަށް މަސައްކަތް ފައްޓަވާފައިވާ ކަން ޓްރަމްޕް ފުރަތަމަ ހާމަ ކުރައްވާފައި ވަނީ އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެއްގެ ތެރެއިންނެވެ.
ބަޣްރާމަށް އަލުން އަތްގަދަ ކުރުމަށް ބޭނުންވާ ސަބަބު ވެސް ޓްރަމްޕް ވަނީ ހާމަ ކުރައްވާފައެވެ. “އަޅުގަނޑުމެން އެ ތަން ހޯދަން މި އުޅެނީ، އެ މީހުން [ޠާލިބާނުން] ވެސް އަޅުގަނޑުމެންގެ ކިބައިން ކަންތައްތަކެއް ބޭނުންވާތީ. އެ މަރުކަޒު އަޅުގަނޑުމެން ބޭނުން. އެ ކަމުގެ އެއް ސަބަބަކީ، ޗައިނާއިން ނިއުކްލިޔަރ ހަތިޔާރު އުފައްދަނީ އެ ތަނާ އެންމެ ގަޑިއިރެއް ދުރުގައި އޮތް ތަނެއްގައި ކަމަށް ވުން،” ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ޗައިނާގެ ޝިންޖިއާންގ ޕުރޮވިންސުގައި އޮތް ނިއުކްލިޔަރ ހަތިޔާރުގެ އަޖުމަ ބަލާ ސަރަޙައްދަށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
