
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ވަގުތީ ކޮމިޓީ އެކުލަވާލައިފިއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގައިވާ ގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލަވާލައ،ި މެންބަރުން އައްޔަންކުރެވެންދެން ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނުން މި ވަގުތީ ކޮމިޓީ އެކުލަވާލަންޖެހޭނެއެވެ. މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ޤާނޫނުން ލާޒިމުކުރާ ކޮމިޓީ މިހާރު އެކުލަވާލައި، މިދިޔަ އާދިއްތަ ދުވަހު މެންބަރުން އައްޔަންކޮށްފައިވާ ކަމަށެވެ. އަދި ކޮމިޓީއަށް އައްޔަންކުރެވުނު މެންބަރުންނާ މަސްއޫލިއްޔަތުތައް ޙަވާލުކޮށް، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން އެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:
• ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ، ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
• ޑިރެކްޓަރ ޖެނެރަލް އަޙްމަދު މަޢުސޫމް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ
• ޑިރެކްޓަރ ޖެނެރަލް އާމިނަތު ޝާހިދާ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
• ޑިރެކްޓަރ ޖެނެރަލް އާމިނަތު ނަސީރު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
• ޗީފް ކޯޕަރޭޓް އެގްޒެކެޓިވް އިމާދު މުހައްމަދު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފް
މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި މެންބަރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން އިޢުލާންކުރަން ޖެހޭނެއެވެ. އަދި މި އިޢުލާންގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެ އިޢުލާނަށް އިޖާބަދިން ފަރާތްތަކަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތް ކަނޑައަޅައި ނިންމުމަށް ޤާނޫނު ލާޒިމުކުރެއެވެ. މަޖިލީހުން ގޮތެއް ނިންމުމުން ކޮމިޝަނުގެ މެންބަރުން، ރައީސް އައްޔަންކުރައްވާނެއެވެ.
ޤާނޫނުގެ ދަށުން އިންތިޚާބުކުރަންޖެހޭ 4 މެންބަރުން އިންތިޚާބުކުރާނީ ގަވާއިދުގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުންނެވެ. ނަމަވެސް ފުރަތަމަ ފަހަރަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އިންތިޚާބެއް ބާއްވައި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިޚާބުކުރަން ލާޒިމުވެއެވެ. އިންތިޚާބުގައި ވޯޓު ލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކަށެވެ. ކޮންމެ ބްރޯޑްކާސްޓަރަކަށާއި މީޑިއާއަކަށް ލެވޭނީ 1 ވޯޓެވެ. މި ޤާނޫނާއެކު ކުރީގެ މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ އިތުރުން އެހެނިހެން ބައެއް މަސްއޫލިއްޔަތުތައްވެސް ބަދަލުވެއެވެ. އެގޮތުން ނޫސް މަޖައްލާއާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާގައި ދަފުތަރުކުރެވިފައިވާ ލިޔެކިޔުންތަކާއި އަރުޝީފު މި ކޮމިޝަނަށް ބަދަލުވާނެއެވެ. އަދި އަލަށް މީޑިއާއާއި ބްރޯޑްކާސްޓަރުން ރަޖިސްޓްރީކުރަން ހުށައަޅަންޖެހޭނީވެސް ކަމާ ބެހޭ ވުޒާރާގެ ބަދަލުގައި މި ކޮމިޝަނަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނަށް އަމަލުކުރަން ފެށީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު މިމަހުގެ 18 ވަނަ ދުވަހުއެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
