
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ފ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފައްޓަވައިދެއްވި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ފ. ދަރަނބޫދޫގައި ހެދިގެންދާއިރުގައި، އެ މަޝްރޫޢާ އެކީގައި، އައުޓްޑޯ ވޮލީ ކޯޓެއްވެސް އެރަށުގައި އެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދަރަނބޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުރީގެ ޔޫތް ސެންޓަރ، އެއީ މިހާރުގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ކަމަށާއި، އެ މަސައްކަތާއި ވޮލީ ކޯޓުގެ މަސައްކަތް އެކުގައި ކުރިއަށްދާނެކަމަށެވެ. އަދި ދަރަނބޫދޫގައި ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި މި ތިން މަޝްރޫއުގެ މަސައްކަތް މި އަހަރު ތެރޭގައި ޢަމަލީގޮތުން އެކުއެކީގައި ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ފުޓްބޯޅަ ދަނޑު ހެދިގެންދާއިރުގައި، ފުޓްބޯޅަ ދަނޑު އަޅުގަނޑުމެން މި ހަދަނީ، ހުރިހާ ދަނޑެއްވެސް މިހާރު ހަދަނީ، ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓްޖަހާ، ހަމަ ވަރަށް ފުރިހަމަކޮށް. މި ރަށުގައި އެތުލީޓުން ގިނަވީމާ، އަދި ވަރަށް ރަނގަޅު ފެންވަރެއްގައި ވާދަކުރާ ކުދިން ތިބީމައާއެކީގައި، ރައްޔިތުން އެދޭ، ވަރަށް މުހިންމު ކަމަކަށްވާތީ، ދުވާ ޓްރެކްވެސް ހިމެނޭގޮތަށް ފުޓްބޯޅަ ދަނޑު ހެދިގެންދާނީ” ރައީސް ވިދާޅުވިއެވެ. ދަރަނބޫދޫއަކީ އެތުލީޓުން ގިނަ ރަށެއްކަން ފާހަގަ ކުރައްވާ އެރަށުގައި ދުވާ ޓްރެކެއްވެސް ގާއިމުކޮށްދެއްވާނެ ކަމުގެ އުފާވެރި ހަބަރު ރައީސް ވަނީ އެރަށުގެ ކުރިވަރަށް ލޯބިކުރާ ރައްޔިތުންނަށް ދެއްވާފައެވެ. “އެހެންވީމާ، ތިން މަޝްރޫޢު އެކުއެކީގައި، މި އަހަރު ޢަމަލީގޮތުން ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އަރުވަން. އެހެންވީމާ، އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވަޢުދެއް، އެ ތިން ދާއިރާއިން އެ ފުދިގެން އެދަނީ”
ރައީސް ވިދާޅުވީ މީގެ އިތުރަށްވެސް އެރަށަށް މުހިންމު ބައެއް ކަންތައްތައް އެބަހުރި ކަމަށާއި، އެ ރަށަކީ ބެޑްމިންޓަން ކުޅުމުގެ ވަރަށް ޝައުގުވެރިކަން ހުންނަ ބަޔަކު ދިރިއުޅޭ ރަށަކަށްވާއިރުގައި، މިހާރު ހުރި ބެޑްމިންޓަން ކޯޓުގެ ޖާގަ އިތުރުކޮށްދެއްވާ މިހާރަށްވުރެ ބެޓްމިންޓަން ކޯޓުގެ ފެންވަރު ރަނގަޅުކޮށް ކޯޓެއް އިތުރުކުރުންވެސް ހިމެނޭ ކަމަށެވެ. ރައީސް ވިދާޅުވީ ވަކި މަޝްރޫއެއްގެ ގޮތަށް އިއުލާނު ނުކުރި ނަމަވެސް، ބެޑްމިންޓަން ކުޅުމަށްޓަކައި ބޭނުންވާ ކަންކަމުގައިވެސް ދަރަނބޫދޫއަށް އެހީތެރިކަންދެއްވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
