
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މ މުލަކުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެންމެ ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ އެރަށުގެ ރައްޔިތުންނާއި ވަރަށް އަވަހަށް ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މ. މުލަކުގައި އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތަކީ މަޑުޖެހިފައި ނުހިނގާ އޮތް މަސައްކަތެއްކަމަށާއި އެކަން މިހާރު ވާނީ ސަރުކާރު ކުންފުންޏަކާއި ހަވާލުކުރައްވާފައި ކަމަށެވެ. މީގެ އިތުރުން އެރަށު ފުޓްބޯޅަ ދަނޑު ފުރިހަމަކުރުމުގެ މަސައްކަތް މިއަހަރުތެރޭގައި ބަޔަކާ ހަވާލުކުރައްވާނެ ކަމަށެވެ. އަދި ފުޓްބޯޅަ ދަނޑުގައި މިހާރު ވާނީ ޓާފް އަޅާދެވިފަ ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުގެ ސްޓޭންޑަޑަކީ ރޭގަނޑާއި ދުވާލުވެސް ކުޅެވޭ ގޮތަށް ދަނޑުތައް ތަރައްޤީކުރުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މުލަކު ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމާއި ލައިޓްހަރުކުރުންފަދަ ނުނިމި ހުރި ކަންކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“އިރާދުކުރެއްވިއްޔާ އެކަން ވެގެންދާނީ ރޭގަނޑު ކުޅެވޭގޮތަށް ފުރިހަމަވެގެންދާ ފުޓްބޯޅަ ދަނޑެއް ލިބިގެންދާނެ ކަމަކަށް” ރައީސް ވިދާޅުވިއެވެ. ހޭންޑްބޯޅަ ކޯޓަކީ ވަރަށް ގިނަ ރަށްތަކުގައި ގާއިމުކުރާ ކުޅިވަރުގެ ވަސީލަތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ވަރަށް ގިނަ ރައްޔިތުން ހާއްސަކޮށް އަންހެނުން ކުޅޭ ކުޅިވަރެއްކަމަށެވެ. އަދި ވަރަށް ބޮޑަށް ކުރިއަރުވަން މަސައްކަތްކުރައްވާ ކުޅިވަރެއް ކަމަށެވެ. “ހޭންޑް ބޯލް ކޯޓު އަޅައިދިނުމުގެ ޕްރޮގްރާމެއް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ރަށްތަކުގައި ގެންދިއުމަށް މިހާރު އަޅުގަނޑުމެން މިވަނީ ނިންމާފަ. މި މަޝްރޫއަކީ ބޮޑު މަޝްރޫއަކަށް މިވަނީ ގިނަ ރަށްތަކުން މިކަން ބޭނުންވާތީ” ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ އަހަރަށް ބަޖެޓް ހުށަހަޅުއްވާއިރު އާ މަޝްރޫއުތަކުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ހިމަނާ އެއް މަޝްރޫއަކީ ހޭންޑްބޯޅަ ކޯޓުތައް އެޅުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު މުލަކުގައިވެސް ހޭންޑްބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ފައްޓަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
