
ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ހުރިހާ ރަށެއްގެ، ރައްޔިތުންގެ ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މ.މުލަކު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މުލަކުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ތަސްވުރަކީ 2040 ވަނަ އަހަރަށްދާއިރު، ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ވާސިލުވެ، ދުނިޔޭގެ ކުރިއަރާފަވާ ޤައުމުތަކާ ދިވެހިރާއްޖެ ފައިހަމަކުރުންކަމަށެވެ. އަދި އެކަމަށް ވާސިލުވެވޭނީ އާބާދީއަށް ބެލުމެއް ނެތި ރަށްތަށް ތަރައްޤީވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ރައްޔިތުންނާ ކައުންސިލްތަކުގެ ފުރިހަމަ މަޝްވަރާއާ ބައިވެރިވުން މި ޕްލޭނަށް ބެނުންވޭ. ބޭނުންވަނީ ރައްޔިތުން ބޭނުންވާ މިސްރާބަށް ރާއްޖޭގެ ތަރައްޤީގެ މިސްރާބު ހުންނަން. ސިޔާސީ ބަދަލުތަކާ ގުޅިގެން ރައްޔިތުންގެ ތަރައްޤީ އެކޮޅުކޮޅުން ޖެހިގެން ދާކަށް. އެހެންވީމަ މި ޕްލޭން ލިޔެބި ޤާނޫނީ ބާރުވެރިކަން ދީ ޙިމާޔަތްކުރަނީ.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އިއުލާންކުރައްވާފައިވާ މޯލްޑިވްސް 2.0 މަޝްރޫޢުއަކީވެސް ޤައުމީ ތަރައްްޤީގެ ޕްލޭންގެ ވަރަށް ބޮޑު ބައެއްކަމަށެވެ. އެގޮތުން އެ މަޝްރޫޢުގެ ތެރެއިން ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް އެއް ވިއުގައަކުން ގުޅާލުމާ، ދެ ފުއް ފެންނަ ނިޒާމެއް ޤާއިމުކުރެވިގެންދިއުމަކީ، ކޮރަޕްޝަން ހުއްޓުވި ރައްޔިތުންގެ އިތުބާރު ސަރުކާރާމެދު ދެމެހެއްޓޭނެ އެންމެ މުހިންމު މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.
“ކައުންސިލްތައް، މިނިސްޓްރީތައް، ބެންކިން ނިޒާމު، ކުންފުނިތައް އަދި ޖުޑީޝަރިގެ ޚިދުމަތްވެސް ގުޅާލެވި، ދެފުއްފެންނަ ގޮތުގައި ޚިދުމަތްތައް ބައްޓަންވާނީ.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 2027 ވަނަ އަހަރު އަދި 2028 ވަނަ އަހަރުގެ ކުރީކޮޅު، ބަޖެޓުގައި ހިމަނުއްވައިގެން މޯލްޑިވްސް 2.0 މަޝްރޫޢުގެ ވަރަށް މުހިންމު މަސައްކަތްތައް ކުރެވިގެންދާނެކަމަށެވެ. އަދި އެ ނިޒާމުވެގެންދާނީ ރައްޔިތުން ހުރިހާ ޚިދުމަތްތަކެއް ހޯދުމަށް ބަރޯސާވެވޭ ނިޒާމަކަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން 20 އަހަރުގެ ތަރައްޤީގެ ޕްލޭން ސަރުކާރުން ފައިނަލްކޮށް ތަންފީޒުކުރާނީ، ރައްޔިތުންގެ ފުރިހަމަ ރުހުމުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލާ އަންނަ ޖެނުއަރީމަހު އިފްތިތާހުކުރާނެއެވެ. އަދި އެ ޕްލޭން ރައްޔިތުންނާ ޙިއްސާކޮށް، ޕްލޭން ފައިނަލް ކުރާނީ ރައްޔިތުންގެ ފުރިހަމަ ރުހުން ލިބިގެންކަމާށާ، ޖުލައިމަހު ޕްލޭންއަށް ޢަމަލުކުރަން ފެށުމަކީ ޢަމާޒުކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
