
މުލަކަތޮޅު މުލަކުގައި މި އަހަރުގެތެރޭގައި 50 ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށާއި، އޭގެއިތުރުންވެސް ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ހިންގަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މުލަކަތޮޅު މުލީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވަޢުދުތަކާ އަދި ރަށުގެ ރައްޔިތުންނާ އެންމެ ފަހުން ބައްދަލުކުރައްވާ ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ. އަދި މުލަކަކީ މަސްވެރި ރަށަކަށްވުމާއެކު، އެ ދާއިރާއިން ގިނަ މަސައްކަތަކެއް ރާއްވަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ބޭރުގެ ހިލޭ އެހީގައި މުލަކުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުލަކުގައި އައިސް ޕްލާންޓެއް ހެދުމުގެ މަޝްރޫޢުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށާ، ކައުންސިލުން އެކަމުގެ ބިން ހަމަޖެއްސެވުމާއެކު މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި އެ ރަށާއި، އެ ސަރަޙައްދުގެ މަސްވެރިންނަށް ތެޔޮ ލިބުމުގައި ދިމާވަ ދަތިކަން ޙައްލުކުރުމަށް، އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށް، އެކަމަށް ހާއްސަ ފެސިލިޓީއެއްގެ މަސައްކަތް ނިންމާ އަންނަ އަހަރު ކުރީކޮޅު ޚިދުމަތް ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މުލަކު ބަނދަރު 1400 ފޫޓަށް ބޮޑުކުރުމުގެ މަޝްރޫޢު ފެށިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރަށުގެ އުތުރުފަރާތުގައި ޖެޓީއެއްވެސް ހަދައިދެއްވާނެކަމަށެވެ. އަދި ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު ފެށުމަށްވެސް، ތައްޔާރުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
“ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް، ކުރިއަށް މިއޮތް 4 މަސްދުވަހުގެ ތެރޭގައި ނިންމައިދެއްވާނެކަމުގެ ޔަގީންކަން ދެން. ސިއްޙީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިމާރާތުގެ މަސައްކަތްވެސް މިފެށެނީ.” ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ރަށުގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް، މިއަހަރު މަސައްކަތްތައް ފައްޓަވާނެކަމަށްވެސް ވިދާޅުވެފައެވެ. “މިއަހަރު ޢަމަލީގޮތުން މަސައްކަތް ފަށާނަން 50 ހައުސިން ޔުނިޓްގެ މަސައްކަތް. މިއީ ފެށުމެއް. މި ދާއިރާގެ އިތުރު މަޝްރޫޢުތައް ރަށަށް އަންނާނެ.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މުލަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި ނިންމައިދެއްވާނެކަމަށެވެ. މީގެއިތުރުން ރޭގަނޑު ކުޅިވަރު ކުޅެވޭގޮތަށް ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އިތުރުން ކަނބަލުންނަށް ޚާއްސަކޮށް ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ތެރޭގައި ފައްޓަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކަރަންޓުގެ މައްސަލަ ޙައްލުކުރުމާއި ސްކޫލްގައި މިހާރު ހަދަމުންދާ އެކްސްޓެންޝަން އިމާރާތްވެސް އަންނަ ދިރާސީ އަހަރުގެ ކުރިން ނިންމައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ވެހިކަލް ހޯދުމާއި ރަށުގެ ސިއްޙީ މަރުކަޒަށް އެމްބިއުލާންސްއެއްވެސް މިއަހަރުގެތެރޭގައި އިތުރުކޮށްދެއްވާނެކަމަށެވެ.
މުލަކު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވަނީ އެ ރަށުގައި ޤާއިމުކުރާ 30 ޓަނުގެ އައިސް ޕްލާންޓުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މުލަކުގައި ޤާއިމުކުރާ 30 ޓަނުގެ އައިސް ޕްލާންޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި، ތުރީ ވޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރ ޑޮކްޓަރ އިކްލީލް ޝަރީފެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
