
މުލަކަތޮޅުގައި އެސްޓީއޯ ރޭޓުން މަސްވެރިންނަށް ތެޔޮ ލިބޭނެގޮތް އިންތިޒާމް ހަމަޖެއްސެވުމަށް ގާއިމްކުރާ ފިޔުލް ސްކިޑްގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީމަހު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން އެ އަތޮޅުގެ މުލަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މ.މުލަކަކީ މަސްވެރިކަމުގެ ސިނާޢަތުގައި މުހިންމު މަސައްކަތްތަކެއް ކުރާ ރަށެއް ކަމަށާއި އެހެންކަމުން އެ ރަށަށް އެމަނިކުފާނު މުހިންމު ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން، މިހާރު ސޮއިކުރެވިފައިވާ އައިސް ޕްލާންޓުގެ މަސައްކަތަކީ އޭގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށާއި، އަދި އެ ރަށުގައި ކޯލްޑް ސްޓޯރެޖެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައިސްގެ އިތުރުން ހެޔޮ އަގުގައި ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަކީ މަސްވެރިންނަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ކޮންމެ އަތޮޅެއްގައި، މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަޖަޖެއްސެވުމަކީ ވައުދުފުޅެއް ކަމަށާއި މުލަކަތޮޅުގައި އެ އިންތިޒާމު ގާއިމުކުރާނީ މުލަކުގައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ޚިދުމަތް ދޭން ބޭނުންވާ ފިޔުލް ސްކިޑް ބެހެއްޓުމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީމަހު ފެށިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“މި މަސައްކަތް އެސްޓީއޯއިން ވަރަށް ބާރަށް އެބަ ކުރިއަށްގެންދޭ. ފިޔުލް ސްކިޑްތަކެއް ގާއިމްކުރުމަށްޓަކައި ބޭރުން މިހާރު ޕްރިފެބްރިކޭޝަން މަސައްކަތް ވަރަށް ބޮޑަށް ނިމިއްޖެ. މިހާރު ޝެޑިއުލްގައި އޮތީ ކުރިއަށް އޮތް ދެ މަހެއް، ދޮޅުމަހެއްގެ ތެރޭގައި މިތަކެތި ރާއްޖެއަށް ޝިޕް ކުރާނެ. ކޮށްގެން މިދެންނެވިހެން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ކޮންމެވެސް އެއް ރަށުގައި ގާއިމުކުރަނީ. މި އަތޮޅުގައި އޮތީ މި ރަށުގައި ގާއިމުކުރުމަށް. ޖެނުއަރީ މަހުގެ ތެރޭގައި މި ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކާނެ ފިޔުލް ސްކިޑް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ،” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އައިސް ޕްލާންޓާއި ކޯލްޑް ސްޓޯރެޖް އަދި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މުލަކުގައި ގާއިމުކުރެވުމުން އެ ރަށާއި މުޅި އަތޮޅުގެ މަސްވެރިންނަށްވެސް އޭގެ ފައިދާ ވެގެންދާނެ ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތަކީ އަދުގެ ސަރުކާރުން މުހިންމު އިސްކަމެއްދޭ ސިނާއަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ދާއިރާއިން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގިނަ ވައުދުތަކެއް ފުއްދެވެމުންދާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިންނަށް ނުދައްކާ ހުރި ފައިސާ ދައްކާ ޚަލާސްކޮށް، 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މަސްވެރިން ބޭނުންވާ ހުރިހާ ވަސީލަތްތައް ގާއިމުކުރެވި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ހުރިހާ ކަމެއް ގާއިމުވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
