
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސިވިލާތާއި އޮސްޓްރޭލިޔާއާއި ކެނެޑާއިން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމާ ގުޅިގެން ޔަހޫދީންގެ ޖަވާބު، ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރާ ދަތުރު ނިންމާލުމަށްފަހު ދޭނެ ކަމަށް އޭނާ ބުނެފިއެވެ. 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޣައްޒާގެ ޙާލަތު މުޅި ދުނިޔެއަށް ފެންނަމުންދާއިރު ހުޅަނގުގެ ޤައުުމުތަކުގެ ސަރުކާރުތަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް އާންމުން ގޮވާލައި ގޮވައިލުންތަކުގެ އަޑު ދަނީ ގަދަވަމުންނެވެ.
މި ޙާލަތުގައި ޣައްޒާއަށް އެހީގެ ސާމާނު ވައްދައި ދާއިމީ ޞުލްޙަ ޤާއިމް ކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅަނގުގެ ބައެެއް ޤައުމުތަކުން ވަނީ އދގެ އާއްމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފައެވެ. މީގެ ކުރިން 140އަށްވުރެ ގިނަ ޤައުމު ފަލަސްޠީނުގެ މިނިވަންކަން ބަލައިގަނެފައިވާ އިރު، އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާ ވެސް މިހާރު މި ވަނީ މި ލިސްޓަށް އިތުރުވެފައެވެ. އެ ތިން ޤައުމަކީ ވެސް ޒަމާނުއްސުރެ ޔަހޫދީންގެ ވާގިވެރިންގެ ގޮތުގައި އޮތް ތިން ޤައުމެވެ. ތިން ޤައުމުގެ ނިންމުމާ ގުޅިގެން ނިރުބަވެރި ނަތަންޔާހޫ ބުނީ ފަލަސްޠީނުގެ މިނިވަން ދައުލަތެެއް ޢުރުދުންގެ ހުޅަނގުގައި ޤާއިމް ނުކުރެވޭނެ ކަމަށެވެ. އޭނާ އާއި އޭނާގެ ބައިވެރިން ދަނީ ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރު ކުރުމަށް ފާޅުގައި ގޮވައިލަމުންނެވެ.
އދގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުުގައި ބައިވެރިވުމަށް ނަތަންޔާހޫ މި ވަގުތު ހުރީ އެމެރިކާގައެވެ. އެ ޤައުމަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. ދަތުރު ނިންމައިލުމަށް ފަހު އަންނަ ހަފްތާގެ ތެރޭގައި ނަތަންޔާހޫ އެނބުރި ޔަހޫދީ ދައުލަތަށް ދާނެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
