
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފިއެވެ. 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޣައްޒާގެ ޙާލަތު މުޅި ދުނިޔެއަށް ފެންނަމުންދާއިރު ހުޅަނގުގެ ޤައުުމުތަކުގެ ސަރުކާރުތަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް އާންމުން ގޮވާލައި ގޮވައިލުންތަކުގެ އަޑު ދަނީ ގަދަވަމުންނެވެ.
މި ޙާލަތުގައި ޣައްޒާއަށް އެހީގެ ސާމާނު ވައްދައި ދާއިމީ ޞުލްޙަ ޤާއިމް ކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅަނގުގެ ބައެެއް ޤައުމުތަކުން ވަނީ އދގެ އާއްމު މަޖިލީހުގެ އަހަރީ ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފައެވެ. މީގެ ކުރިން 140އަށްވުރެ ގިނަ ޤައުމު ފަލަސްޠީނުގެ މިނިވަންކަން ބަލައިގަނެފައިވާ އިރު، އިނގިރޭސިވިލާތާއި ކެނެޑާއާއި އޮސްޓްރޭލިޔާ ވެސް މިހާރު މި ވަނީ މި ލިސްޓަށް އިތުރުވެފައެވެ. އެ ތިން ޤައުމަކީ ވެސް ޒަމާނުއްސުރެ ޔަހޫދީންގެ ވާގިވެރިންގެ ގޮތުގައި އޮތް ތިން ޤައުމެވެ. އިނގިރޭސިވިލާތުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ނިންމުމެކެވެ. އެއީ އެ ޤައުމަކީ އެންމެ ފުރަތަމަ ޔަހޫދީ ދައުލަތް އުފެއްދުމުގައި ބޮޑު ދައުރެއް ޢަދާ ކުރި ޤައުމަކަށް ވާތީއެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ކީރު ސްޓާމަރ ވިދާޅުވީ ޣައްޒާއަށް ކުރިމަތިކުރުވާފައިވާ އިންސާނީ ކާރިޘާ ވަނީ މީގެ ކުރިން ގޯސް ނުވާ މިންވަރަށް ގޯސްވެފައި ކަމަށެވެ. ޔަހޫދީ ސަރުކާރުން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންދާ ޙަމަލާތައް އިތުރުކޮށްފައިވާ ކަމަށާއި އެ ޙަމަލާތަކާއި، ޣައްޒާއަށް ކުރިމަތިކުުރުވާފައިވާ ބަނޑުހައިހޫނު ކަމުގެ ޙާލަތާއި ދެމުންދާ ފަނާކުރަނިވި ގެއްލުމަކީ އެއްވެސް ޙާލަތެއްގައި ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ތިން ޤައުމުގެ ނިންމުމަށް މަރުޙަބާ ކިޔުއްވައި، އެ ނިންމުމަކީ ޔަހޫދީ ދައުލަތާ އެކު ފަލަސްޠީނުގެ ދައުލަތަށް ވެސް ސަލާމަތާއި ޞުލްޙައާއެކު ދިރިއުޅުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދގެ އާންމު މަޖިލީހުގެ އަަހަރީ ބައްދަލުވުމުގައި ފަރަންސޭސިވިލާތުން ވެސް ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނާނެ ކަމަށް އެ ޤައުމުގެ ރައީސް އެމަނުއެލް މެޚްރޮން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
މަޝްވަރާ ހުއްޓުވަން ޣައްޒާގެ އިސްތިޢުމާރު ޔަހޫދީން ފުޅާކުރަނީ
(ފޮޓޯ ކްރެޑީޓްސް: ރޮއިޓާރސް) ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ކުރާ މަޝްވަރާތަކަށް ހުރަސްއަޅައި، ޔަހޫދީން އެ ސަރަޙައްދުގެ އިސްތިއުމާރު ފުޅާކުރަމުންދާކަމަށް ހަމާސްއިން ވަނީ ބުނެފައެވެ. މިގޮތުން،...
ބްރެޒިލް އާއި މޮރޮކޯގެ ކުރިމަތިލުން އެއްވަރު
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ބްރެޒިލް އާއި މޮރޮކޯ ބައްދަކުރިމެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި ކުޅުނު...
ސްވިޓްޒަލަންޑް ހިފަަހައްޓާލާ ޤަތަރުން ފުރަތަމަ ޕޮއިންޓް ހޯދައިފި
ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ސްވިޓްޒަލަންޑާއި ޤަތަރު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ޤަތަރުން ވޯލްޑް ކަޕްގައި އެޓީމުގެ ފުރަތަމަ ޕޮއިންޓް...
