
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެމްބަރު ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، އެ އިއްތިޙާދުގެ އިރުމަތީ ބިތުގައި އޮތް ޤައުމުތަކުގައި ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް، އިނގިރޭސިވިލާތުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޕޮލެންޑުގެ ވައިގެ ސަރަޙައްދު ބަލަހައްޓަން ފަށައިފިއެވެ. އިރުމަތީގައި އޮތް ނޭޓޯގެ މެންބަރު ޤައުމުތަކުގެ ދިފާޢު ވަރުގަދަ ކުރުމަށް އެ އިއްތިޙާދުން ނިންމާފައި މި ވަނީ، ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް އަސްކަރީ ޑްރޯންތަކެއް ވަތް ހާދިސާއަކާ ގުޅިގެންނެވެ. މީގެ ދެ ދުވަސް ކުރިން ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް އަސްކަރީ ޑްރޯންތަކެއް ވަނުމާ އެކު، އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ އެ ޑްރޯންތަކަށް ޙަމަލާދީ، ދިފާޢުކޮށް، ވައްޓައިލާފައެވެ. މިއީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން މި ފަދަ ހާދިސާއެއް ހިނގާފައިވާ ފުރަތަމަ ފަހަރެވެ. ރަޝިޔާއާއި ޔޫކްރެެއިނާ ދެމެދު ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ.
އިނގިރޭސިވިލާތުގެ ދިފާޢީ ވަޒީރު، ޖޯން ހީލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ހަރަކާތުގެ ސަބަބުން، ނޭޓޯގެ މެމްބަރު ޤައުމުތަކުގެ ވައިގެ ސަރަޙައްދު ދިފާޢު ކުރުމުގައި އެ އިއްތިހާދުން ފަހަތަށް ނުޖެހޭނެކަމުގެ ސާފު މެސެޖެއް ދެވިފައިވާ ކަމަށެވެ. ރަޝިޔާއިން ބުނެފައިވާ ގޮތުގައި، ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް ޑްރޯންތަކެއް އެތެރެވެފައި ވަނީ، ރަޝިޔާގެ ފައުޖުތަކުން ޔޫކްރެއިންގެ އަމާޒުތަކަށް ޙަމަލާތަކެއް ދެމުން ދިޔަ ވަގުތެއްގައެވެ. އަދި، ޕޮލެންޑަށް ޙަމަލާއެއް ދިނުމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައި ވެސް ރަޝިޔާއިން ހާމަކުރިއެވެ. ޕޮލެންޑުން ޤަބޫލު ކުރާ ގޮތުގައި، ރަޝިޔާއިން އަސްކަރީ ޑްރޯންތަކެއް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ފޮނުވާފައި ވަނީ ގަސްދުގައެވެ. އަދި، އެެއީ ޕޮލެންޑާއި ނޭޓޯގެ ދިފާޢީ ނިޒާމުގެ ޤާބިލު ކަން ވަޒަން ކުރުމުގެ ގޮތުން ކޮށްފައިވާ ޢަމަލެއްގެ ގޮތުގައި ޕޮލެންޑުން ސިފަކުރިއެވެ.
އެއާއެކު، ނޭޓޯގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އިރުމަތީ ބިތުގައި އޮތް ޤައުމުތަކުގެ ދިފާޢު ވަރުގަދަ ކުރުމުގެ ގޮތުން ‘އީސްޓަން ސެންޓްރީ’ގެ ނަމުގައި އޮޕަރޭޝަނެއް ފެށުމަށް އެ އިއްތިހާދުން ވަނީ ނިންމައިފައެވެ. އެ އޮޕަރޭޝަންގެ ދަށުން އުތުރުގައި އޮތް ބޮލްޓިކްގެ ޤައުމުތަކުން ފެށިގެން ދެކުނުގައި އޮތް ރޮމޭނިޔާއާއި ބުލްގޭރިޔާއާ ހަމައަށް ދިފާޢީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި ގޮތުން، އިތުރު އަސްކަރީ މަތިންދާބޯޓުތަކާއި ވައިގެ ދިފާޢީ ނިޒާމުތައް އެ ޤައުމުތަކަށް ފޮނުވައި، އިތުރު އަސްކަރީ މަރުކަޒުތައް ޤާއިމުކޮށް، އިތުރު ސިފައިން ފޮނުވުމަށް ނޭޓޯން ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
