
(ފޮޓޯ ކްރެޑިޓްސް: އަލްއަޤްސާ ބްރިގޭޑްސް)
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި 48 އަސީރުންގެ “ވަދާޢީ ފޮޓޯ” ކަމަށް ބުނެ ޙަމާސްގެ އަސްކަރީ ގޮފި، އަލްޤައްސާމް ބުރިގޭޑުން އަސީރުންގެ ފޮޓޯ އާންމުކޮށްފިއެވެ. ޔަހޫދީން ޣަައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކަށް ކެތްނުކުރެވިގެން ޙަމާސުން ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީންނަށް ޖިހާދީ ޙަމަލާއެއްދީ އެ މީހުންގެ 250އެއްހާ މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ. އެ ޙަމަލާއަށް ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން ފެށި ހަނގުރާމަ އަދިވެެސް ދަނީ ކުރިއަށެވެ. ޔަހޫދީން ދަނީ މުޅި ޣައްޒާ އިސްތިޢުމާރު ކުރުމަށް އެ ސަހަރަށް ދެމުންދާ އަސްކަރީ ޙަމަލާތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރަމުންނެވެ.
އެކި ފަހަރު މަތިން ޙަމާސުން ޔަހޫދީ އަސީރުން މިނިވަންކޮށްފައިވާ އިރު، ޙަމާސްގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބި އަސީރުންގެ ތެރެއިން ދިރި ތިބީ 20 ވަރަކަށް އަސީރުން ކަަމަށް ބެލެވެއެވެ. ޙަމާސުން ބުނަމުން ދަނީ އެ މީހުންގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ފުރާނަ ގެއްލުމަށް މެދުވެރި ވަނީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ކަމަށެވެ. ޔަހޫދީންގެ އަސްކަރީ ޙަރަކާތް ފުޅާކުރާ ވަރަކަށް އަސީރުންގެ ފުރާނައަށް ނުރައްކާ ވާނެ ކަމުގެ އިންޒާރު ޙަމާސުން ތަކުރާރުކޮށް ދެއެވެ. މުޅި ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޔަހޫދީންގެ ޙަމަލާތައް ބޮޑުތަނުން އިތުރުކޮށްފައިވާ މި ދަނޑިވަޅުގައި ޙަމާސުން އަސީރުންގެ ފޮޓޯތައް އާންމުކޮށްފައި ވަނީ ޕޯސްޓަރެއްގެ ސިފައިގައެވެ. އެ ޕޯސްޓަރުގައި ހިމެނޭ ކޮންމެ ފޮޓޮއެއް ކައިރީގައި “ރޮން އަރަޑް”އޭ ޖަހާފައި އޮވެއެވެ. ރޮން އަރަޑްއަކީ 1986ވަނަ އަހަރު ލުބުނާނުގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ޔަހޫދީ ވައިގެ އަސްކަރިއްޔާގެ ކެޕްޓަނެއްގެ ނަމެވެ. ލުބުނާނަށް ބޮމުގެ ޙާމަލާއެއް ދޭން އުޅުމުގެ ތެރޭގައި ރޮން އަރަޑް ދުއްވަމުންދިޔަ އެފް-4 ފެންތަމް އަސްކަރީ ޖެޓުގައި މާ ކުރިން ބޮމެއް ގޮވާފައިވެއެވެ. އެ ހާދިޘާއަށްފަހު ޢަމަލު މޫވްވަންޓުން އޭނާ ހިފާފައިވާއިރު، އެއަށްފަހު އޭނާ ދެން ޙަވާލުކޮށްފައި ވަނީ ޙިޒްބުاللهއަށެވެ. އަރަދު މަރުވެފައިވާ ކަމަށް ބެލެވުނަސް އެ ކަމަށް ބާރުދޭ އެއްވެސް ހެއްކެއް ފެނިފައެެއް ނުވެއެވެ.
ޙަމާސުން އާންމުކުރި ޕޯސްޓަރުގައި އިތުރަށް ލިޔެފައި އޮތީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ ހުއްޓައިލުމަށް ދެކޮޅު ހެދުމުގެ ސަބަބުންނާއި ޔަހޫދީންގެ އަސްކަރީ ވެރިޔާ، އީޔަލް ޒާމިރުގެ ބަލިކަށިކަމުގެ ސަބަބުން، ޣައްޒާ ސިޓީގައި ޔަހޫދީންގެ ޙަމަލާތައް އިތުރުކޮށްފައިވާތީ އަސީރުންގެ ވަދާޢީ ފޮޓޯ އާންމުކޮށްފައިވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
