
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވައިގެ ބަނދަރުތަކުގައި ޗެކް-އިން ވުމަށް އަދި ބޯޑިންގއަށް ބޭނުންކުރާ ނިޒާމުތަކަށް އަމާޒުކޮށް ދީފައިވާ ސަައިބަރ ޙަމަލާއެއްގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، ވިލާތުގެ ގިނަ ވައިގެ ބަނދަަރުތަކުން ފުރައި ޖެއްސުމަށް ހަމަޖެހިފައިވާ ފްލައިޓުތައް ލަސްވެއްޖެއެވެ. ވައިގެ ބަނދަރުތަކުގައި ޚިދުމަތް ދިނުމަށް ބޭނުންކުރާ ސޮފްޓްވެއަރއަކަށް ދީފައިވާ މި ޙަމަލާގެ ސަބަބުން ގިނަ ވައިގެ ބަނދަރުތަކަކުން ދެމުން އައި ބައެެއް ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. ސައިބަރ ޙަމަލާގެ އަސަރުކުރި ވައިގެ ބަނދަރުތަކުގެ ތެރޭގައި ލަންޑަންގެ ހީތުރޯ ވައިގެ ބަނދަރު ވެސް ހިމެނެއެވެ.
ސައިބަރ ޙަމަލާގެ ސަބަބުން ހީތުރޯއާއި ބަރލިންއާއި ބްރަސެލްސްގެ ވައިގެ ބަނދަރުތަކުގައި މިހާތަނަށް 29 ފްލައިޓެެެއް ވަނީ ކެންސަލްކޮށްފައެވެ. ދުނިޔޭގެ ގިނަ ޢަދަދެއްގެ ވައިގެ ބަނދަރުތަކުގައި ބޭނުންކުަރާ ޗެކް-އިން އަދި ބޯޑިންގ ނިޒާމުގެ ޚިދުމަތްދޭ ކޮލިންސް އެއޮރޯސްޕޭސުން ބުނީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ވައިގެ ބަނދަރު އަދި ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއްް ވައިގެ ބަނދަރުކަމުގައިވާ ހީތުރޯ ވައިގެ ބަނދަރަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ ފުލައިޓުތައް ފުރާ ގަޑި ލަސްވެފައިވާ ކަމަށެވެ. އެ ކުންފުނިން މައްސަލަ ޙައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮލިންސް އެއޮރޯސްޕޭނުން ބުނެފައިވެެއެވެ.
އެމެރިކާގެ އަސްކަރީ ކުންފުންޏެއް ކަމަށްވާ ކޮލިންސް އެއޮރޯސްޕޭސްގެ ބެލެނިވެރި ކުންފުންޏަކީ ހަތިޔާރު އުފައްދާ ކުންފުންޏެއް ކަމަށްވާ އާރުޓީއެކްސް ކޯޕޮރޭޝަނެވެ. އެ ކުންފުނިން ބުނީ ސައިބަރ ޙަަމަލާއަކާ ގުޅިގެން ޚިދުމަތަށް ބުރޫ އަރާފައިވާ ކަން އެނގިފައިވާ ކަމަށާއި، ކޮމްޕިއުޓަރު މެދުވެރިކޮށް ޗެކް-އިންކޮށް ބޯޑު ނުކުރެވުނު ނަމަވެސް މި ވަގުތަށް އެ ނޫން ގޮތްގޮތަށް ޗެކް-އިން ވެވޭނެ އިންތިޒާމް ހަމަޖެއްސިދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
