
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީންނާ ދެކޮޅަށް ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهން ކުރަމުންދާ ޖިހާދުގައި ބައިވެރިވުމަށް އެ ޖަމާޢަތުގެ ވެރިޔާ ނަޢީމް ޤާސިމް ސަޢޫދީ ޢަރަބިއްޔާއަށް ގޮވައިލައްވައިފިއެވެ. ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައި ޤާސިމް ވިދާޅުވީ، މިއީ ޙިޒްބުاللهއާ މެދު އޮތް ރުޅިވެރިކަން އެކަހެރިކޮށް ސަޢޫދީ ޢަރަބިއްޔާއިން އައު ސަފުހާއަކުން ފަށައި، ޔަހޫދީންނާ ދެކޮޅަށް ގުޅިގެން މަސައްކަތް ފެށުމުގެ ވަގުތު ކަމުގައެވެ. ޙިޒްބުاللهގެ ބައެއް އަމަލުތަކާ ގުޅިގެން ރިޔާޟާއި ބައިރޫތާ ދެމެދު އޮތީ މަސްރަޙު ހޫނުވެފައެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ އިތުރުން ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީސީސީ)ގެ ޤައުމުތަކުން 2016ވަނަ އަހަރު ވަނީ ޙިޒްބުاللهއަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ތަޤުރީރު ކުރައްވަމުން ޤާސިމް ވިދާޅުވީ، ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް، އަދި ޤައުމުތަކުގެ ރައްކާތެރިކަމަށް އޮތް ނުރައްކަލަކީ ޙިޒްބުالله ނޫން ކަމުގައެވެ. އަދި، މެދުއިރުމައްޗަށް އޮތް އެންމެ ނުރައްކަލަކީ ޒަޔަނިސްޓު އިސްރާއީލު ކަން ސަރަަޙައްދީ ޤައުމުތަކުން ބަލައިގަންނަން ޖެހޭ ކަމުގައެވެ.
ޙިޒްބުاللهއާއި ރިޔާޟާ ދެމެދު ގުޅުންތައް ބަދަހި ކުރުމަށް ބޭނުންފުޅުވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. “ޙިޒްބުاللهން ހަތިޔާރު އުފުލައި ކުރަމުންދާ ޖިހާދުގެ އަމާޒަކީ ލުބްނާން، ނުވަތަ ސަޢޫދީ ޢަރަބިއްޔާ، ނުވަަތަ ދުނިޔޭގެ އެހެން އެއްވެސް ޤައުމެއް ނޫން، ޖިހާދުގެ އަމާޒަކީ އިސްރާއީލު ކަން ޔަގީންކޮށްދެން،” ޤާސިމް ވިދާޅުވިއެވެ. އަދި، ޙިޒްބުاللهއާއި ރިޔާޟާ ދެމެދު މަޝްވަރާތައް ފަށައިފި ނަމަ، ދެ ފަރާތުގެ ދެމެދުގައި އޮތް ދެބަސްވުންތައް ނިމުމަކަށް އަންނާނެ ކަމަށާއި، އެކުގައި ޔަހޫދީންނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ސަޢޫދީ ޢަރަބިއްޔާއަކީ މީގެ ކުރިން ލުބްނާނަށް އެކި ދާއިރާތަކުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދިޔަ ޤައުމެކެވެ. ޚާއްޞަ ގޮތެއްގައި، 2006ވަނަ އަހަރު ޙިޒްބުاللهއާ ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމައަށް ފަހު، ލުބްނާންގެ ދެކުނުގެ ރަށްތައް އަލުން އާރާސްތު ކުރުމުގައި ސަޢޫދީ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ރިޔާޟާއި ބައިރޫތާ ދެމެދު މަސްރަޙު ހޫނުވެފައި ވަނީ 2021ވަނަ އަހަރުއެވެ.
އެ އަހަރު ސަޢޫދީ ސަރުކާރުން ވަނީ އެ ޤައުމަށް ލުބްނާނުން ކަނޑައަޅާފައި ހުންނެވި ސަފީރު ފޮނުވައިލާފައެވެ. އަދި، ބައިރޫތުގައި ހުންނެވި ސަޢޫދީ ސަފީރު ވެސް އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ސަބަބެއް ކަމުގައި ސަޢޫދީ ސަރުކާރުން ބުނީ، ލުބްނާންގެ ދައުލަތް ހިންގުމުގެ ހުރިހާ ބާރުތަކެއް ޙިޒްބުاللهގެ މުށުތެރޭގައި އޮތުމެވެ. އެ ހާދިސާއާ ގުޅިގެން ޙިޒްބުاللهގެ ކުރީގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ވަނީ ސަޢޫދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކުރައްވާފައެވެ. އަދި، ޔަމަންގެ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާއިން ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަނަށް ފާޑު ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
