
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ އިސްތިޢުމާރީ ސިފައިން ކުރިން ބޭނުން ކުރަމުން ދިޔަ އަފްޣާނިސްތާނުގެ ބަޣްރާމް އަސްކަރީ ވައިގެ ބަނދަރު، އަލުން އެމެރިކާގެ އަތްދަށަށް ގެންދިޔުމާ ގުޅޭ ގޮތުން އެ ޤައުމުގައި ވެރިކަން ކުރާ ޠާލިބާނުންގެ ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަ ކުރައްވައިފިއެވެ. ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އެމެރިކާ އަދި ހުޅަނގުގެ ބާރުތަކުން ދެކޭ ޠާލިބާނުންގެ ސަރުކާރާ އެކު މަޝްވަރާތައް ބޭއްވުމަށް، ޓްރަމްޕްގެ ޚާއްޞަ މަންދޫބު އެޑަމް ބޮއެލަރ ދާދި ފަހުން ވަނީ ކާބުލަށް ދަތުރުފުޅެއް ކުރައްވާފައެވެ. “އެ ތަން [ބަޣްރާމް ވައިގެ ބަނދަރު] ދޫކޮށްލުމަކީ އަޅުގަނޑުމެންނަށް ހެދުނު ގޯހެއް،” ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. 2021ވަނަ އަހަރު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާފައި ވަނީ ޠާލިބާނުންގެ ހަނގުރާމަވެރިން އަރައި، އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލުމާ އެކުގައެވެ. އަދި، ބަޣްރާމް ވައިގެ ބަނދަރުގައި ތިބި އެމެރިކާ ސިފައިން އެ ތަނުން ފޭބުމާ އެކު، ޠާލިބާނުން ވަނީ އެ ތަން ވެސް ހިފާފައެވެ.
އެމެރިކާގެ އިސްތިޢުމާރީ ސިފައިން އަފްޣާނިސްތާނަށް އަރައި، އެ ޤައުމުގެ ބޮޑު ސަރަޙައްދެއް އެ މީހުންގެ އަތްދަށަށް ގެންގޮސްފައި ވަނީ 2001ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ނިއު ޔޯކަށް ދިން ނިރުބަވެރި ޙަމަލާތަކަށް ފަހުއެވެ. ނިރުބަވެރި ކަމާ ދެކޮޅަށް ކަމުގައި ބުނެ، އެމެރިކާއިން އިސްވެ ފަށާފައިވާ ހަނގުރާމައިގެ ދަށުންނެވެ. ދާދި ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރު ކީރް ސްޓާމަރއާ އެކު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވެސް ޓްރަމްޕް ވަނީ ބަޣްރާމް ވައިގެ ބަނދަރު އަލުން އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔުމަށް އަލިއަޅުއްވައިލައްވާފައެވެ. ނަމަވެސް، ޠާލިބާނުންގެ ސަރުކާރުގެ އޮފިޝަލުން ވަނީ މި ކަމާ ދެކޮޅަށް އަޑު އުފުލާފައެވެ. ޠާލިބާން ސަރުކާރުގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލެއް ކަމުގައިވާ ޒާކިރް ޖަލާލް ބުނީ، އެމެރިކާގެ އިސްތިޢުމާރީ ސިފައިން އަފްޣާނިސްތާނުގައި ދެމިތިބުމަށް ޠާލިބާން ސަރުކާރުން އިންކާރު ކުރާ ކަމުގައެވެ. “އަފްޣާނިސްތާނާއި އެމެރިކާއާ ދެމެދު ގުޅުން ބަދަހި ކުރަން ޖެހޭ… ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގެ އެއްވެސް ސަރަޙައްދެއްގައި ތިބުމުގެ ފުރުޞަތެއް ނުދެވޭނެ،” އޭނާ ބުންޏެވެ.
ބަޣްރާމް ވައިގެ ބަނދަރު އެމެރިކާގެ އަތްދަށަށް ގެންގޮސް، ޠާލިބާނުންގެ ސަރުކާރާ ގުޅިގެން ނިރުބަވެރިކަމާ ދެކޮޅު އޮޕަރޭޝަންތަކެއް ހިންގުމާ ގުޅޭ ގޮތުން އެމެރިކާއިން މަޝްވަރާ ކުރަމުންދާ ކަމުގައި އެމެރިކާގެ ނޫހެއް ކަމުގައިވާ ވޯލް ސްޓްރީޓް ޖަރނަލުން ވެސް ރިޕޯޓު ކޮށްފައިވެއެވެ. އެ ނޫހުން ބުނީ، ޠާލިބާން ސަރުކާރުގެ ވެރިންނާ އެކު ބާއްވަމުންދާ މަޝްވަރާތަކުގައި ޓްރަމްޕްގެ ސަރުކާރު ތަމްސީލު ކުރައްވަމުން ގެންދަވަނީ އޭނާގެ މަންދޫބު ބޮއެލަރ ކަމުގައެވެ. އަދި، އެމެރިކާއާއި އަފްޣާނިސްތާނާ ދެމެދު އަސީރުން ބަދަލު ކުރުމާއި، އަފްޣާނިސްތާނަށް އިޤުތިޞާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމުގައި ވެސް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
