
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައިވާ ކަން ޕޯޗުގަލުން ވެސް ހާމަކޮށްފިއެވެ. މި ކަން އިޢުލާނު ކުރަމުން ޕޯޗުގަލްގެ ޚާރިޖީ ވުޒާރާއިން ބުނީ، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، ސެޕްޓެންބަރު 21ވަނަ ދުވަހު އެ ކަން ރަސްމީކޮށް އިޢުލާނު ކުރުމަށް ނިންމާފައިވާ ކަމުގައެވެ. ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައިވާ ކަން ޕޯޗުގަލުން އިޢުލާނު ކޮށްފައި މި ވަނީ، ފަލަސްޠީނުގެ މިނިވަން ކަމަށް ތާޢީދު ކުރާ ގިނަ ޤަައުމުތަކަކުން އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހަފުތާގައި މަތީ-ފަންތީގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރު ވަމުންދާ ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި ޔަހޫދީންގެ އެކުވެރިންގެ ގޮތުގައި ބެލެވޭ ވިލާތުގެ ބައެއް ޤައުމުތައް ވެސް ހިމެނެއެވެ.
ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޕޯޗުގަލުން ނިންމާފައި މި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 65,000އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާ ނޫޅެވޭ ވަރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ. ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމާ މެދު ވިސްނަމުންދާ ކަން ހުސްވި ހަފުތާގައި ޕޯޗުގަލްގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންހެލް އިޢުލާނު ކުރެއްވިއެވެ. ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ޕޯޗުގަލުން ނިންމާފައިވާއިރު، އެ ޤައުމުގެ އަވައްޓެރި ޤައުމެއް ކަމުގައިވާ ސްޕެއިނުން 2024ވަނަ އަހަރުގެ މޭ މަހު ވަނީ އެ ފިޔަވަޅު އަޅާފައެވެ. ސްޕެއިނާ އެކު ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައިވާ ޤައުމުތަކުގެ ތެރޭގައި އަޔަލެންޑާއި ނޯވޭ ވެސް ހިމެނެއެވެ.
މީގެ އިތުރުން، އެމެރިކާގެ ނިއު ޔޯކްގައި މިހާރު ކުރިއަށްދާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގެ ތެރެއިން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ވިލާތުގެ ބައެއް ބާރުތަކުން ވެސް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ހިމެނެއެވެ. އަދި، ޔަހޫދީންގެ އެކުވެރިންގެ ގޮތުގައި ބެލެވޭ އޮސްޓްރޭލިޔާއާއި ކެނެޑާ ވެސް ހިމެނެއެވެ. ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގެ ތެރެއިން ސްވިޑެނާއި ސައިޕްރަސުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
