
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޙަޤީޤަތާއި އެއްގޮތަށް ހިޔާލު ފާޅުކުރުމަށް ރާއްޖޭގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށާއި ނަމަވެސް ފިތުނަ އުފައްދަން ޖާގަ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފެލިދެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފެލިދޫގައި ބޭއްވި ޖަލްސާގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވަމުން ގެންދަވާ އެއް މަސައްކަތްޕުޅަކީ ދިވެހި މުޖުތަމަޢުގައި ހަމަޖެހުން ޤާއިމުކުރެއްވުމުގެ މަސައްކަތް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމުގައި ހަމަޖެހުން ޤާއިމުކުރެވޭނީ ކޮންމެ މީހަކަށްވެސް އަބުރަކާއި ޢިއްޒަތެއް ލިބިގެންވާކަން ހަނދާންކޮށް އެކަކު އަނެކަކަށް އިޙުތިރާމުކުރާ އެއްބައިވަންތަ މުޖުތަމަޢެއް ޤާއިމުކުރެވިގެން ކަމަށެވެ. އަދި އެގޮތަށް ކޮންމެ ރައްޔިތެއްގެ ޢަމަލުތައް ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ މީހަކަށްވިޔަސް، މީޑިއާގައި މަސައްކަތްކުރާ މީހަކަށްވިޔަސް، ތެދު ބެލުމެއްނެތި ޙަޤީޤަތާ ޚިލާފު ވާހަކަތައް ދައްކާނަމަ، މުޅި ޤައުމުގެ ހަމަޖެހުން ނަގާލެވޭ ކަމަށެވެ. އަދި ޙަޤީޤަތް ބެލުމެއްނެތި ވާހަކަ ފެތުރުމަކީ އިސްލާމު ދީނުގައިވެސް މަނާކުރައްވާފައިވާކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ތެދު ބަހުން ވާހަކަދެއްކުމަށާއި ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ގެނެސްދިނުމުގައި ފުރިހަމަ މިނިވަންކަން ރާއްޖޭގައި އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް ފިތުނަ ފަސާދަ އުފެދޭ ގޮތަށް ދޮގު ފެތުރުމަށް އެއްވެސް ވަރަކަށް ޖާގަ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“އެއްވެސް ހިފެހެއްޓުމެއް ނެތް، ހުރިހާ ކަންމެއް ވެސް ލިޔަންވީ. ދޮގު ވާހަކައެއް ނުލިޔެވޭނެ. ޙަޤީޤަތް ބެލުމެއްނެތި ނުލިޔެވޭނެ. އެއީ ރައްޔިތުން ޤަބޫލުކުރާކަމެއް ނޫން. ހަމަނުޖެހުން އިޢާދަވެގެންދާކަށް ބޭނުމެއް ނޫން. ބޭނުންވަނީ އެއްބައިވަންތަ އިހުތިރާމްކުރާ ޤައުމަކަށްވާން. އެކަން ނަގާލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެ.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ ހަފްތާގައި ތަސްދީޤުކޮށް، އަމަލުކުރަން ފަށާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުންވެސް ތެދު ބަހުން ލިޔުމަށް ބާރުއަޅާ ކަމަށެވެ. އަދި ހިތަށް އެރި އެއްޗެއް ލިޔުމަކީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫންކަން ރައީސް ތަކުރާރުކުރެއްވިއެވެ. “މީޑިއާގައި މަސައްކަތްކުރާ މީހުންވެސް ޒިންމާދާރުކަމާއެކީ މަސައްކަތްކުރުމަށް ޤާނޫނު ބާރުއަޅަނީ. ޤާނޫނުގައި އޮތީ އެ ވާހަކަ އެކަނި. ތެދު ބަހުން ބޭނުން އެއްޗެއް ލިޔެވޭނެއޭ. ސާބިތު ނުހިފޭ ވާހަކަތަކެއް ނުލިޔެވޭނެއޭ. ސާބިތު ނުހިފޭ ވާހަކަ ލިޔަން ބޭނުންނަމަ، އެއީ އަދި ކަށަވަރުކުރެވެން ނެތް ވާހަކައެއްކަން ލިޔުމުގައި ބަޔާންކުރަންޖެހޭނެ. އެހެން އެ ޤާނޫނުގައި އޮތީ. ޤާނޫނު ކީ އެއްވެސް ނޫސްވެރިއަކާ ދިމައެއްނުވޭ. އެއްވެސް ތާކުން މިނިވަންކަން އަތުލައިގަންނަ ތަނެއް ނުފެންނާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީޑިއާގެ ޤާނޫނާ ގުޅިގެންވެސް ތަފާތު ދޮގުތައް ފަތުރަމުންދާ ކަމަށެވެ. އަދި ޤާނޫނުގައި އޮތް އެއްޗެއް ބެލުމެއް ނެތި، މިފަދަ ދޮގުތައް ފެތުރުމަކީ ވަރަށް ނާތަހުޒީބު ޢަމަލުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. “ޙަޤީޤަތް ނުބަލައި ސޯޝަލް މީޑިއާ ބޭންކުރަނީއޭ ކިޔައިގެން ފިތުނަ ފަސާދަ މި އުފައްދަނީ. ފިތުނަ ފަސާދަ އުފެއްދުން އެއީ ނުބައިކަން ބޮޑުވެގެންވާ ކަމެއް. ފިތުނަ ފަސާދަ މި ޤައުމުގައި ފަތުރާކަށް ފުރުޞަތެއް ނުދޭނަން. މިހުރީ މާތް ﷲ ގަންދީ ހުވައެއްކޮށްގެން. އިސްލާމްދީނާ އެއްގޮތަށް މި ޤައުމުގައި ކަންކަންކުރުމަށް. ޤާނޫނުއަސާސީއާ އެއްގޮތަށް ދައުލަތް ހިންގަން އަޅުގަނޑާ ހަވާލުކޮށްފައި މިއޮތީ. އެކަމުގައި އަޅުގަނޑު އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅަން.” ރައީސް ވިދާޅުވިއެެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިިނިވަން މުއައްސަސާތަކާއި ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ. އެގޮތުން ސަރުކާރަށް މިވީ މުއްދަތުގައި އެއްވެސް މީހަކަށް ސިޔާސީ ބޭނުމެއްގައި ފިޔަވަޅެއް އެޅިތަން ފެނިފައިނުވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ކުރުމަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ރާއްޖޭގައި ކުރިން އޮތް ސިޔާސީ ބަދަލު ހިފުމުގެ ރޫހުވެސް ނިމުމަކަށް ގެނެސްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
