
އަންނަމަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ފެލިދެއަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފެލިދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ އެއަތޮޅުގައި ފުރަތަމަ ފަހަރަށް ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށާފައެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަދު އަޝްފާންއެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ޚިދުމަތް ވަޢުދުވެވަޑައިގެންނެވި ތާރީޚަށް ވުރެ 2 މަސް ކުރިއަށް ނިމޭނެކަން ހާމަކުރައްވާފައެވެ.
“އިރާދަކުރެއްވިއްޔާ މާލަސްތަކެއް ނުވެ މިއަންނަމަސް ނިމެންވާއިރަށް، އަޅުގަނޑު ވަޢުދުވީ މިއަހަރު ނިމެންވާއިރަށޭ. މިއަންނަ މަސް ނިމެންވާއިރަށް [ޕާސްޕޯޓުގެ] މި ދެންނެވި ވަޢުދުވެސް ކޮންމެ އަތޮޅެއްގަ މަދުވެގެން އެ ރަށުގެ ޚިދުމަތް. ބައެއް އަތޮޅުތަކުގައި 2 ރަށުގައި 3 ރަށުގައިވެސް އެބަ ޤާއިމްކުރެވޭ ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އަދި މި ޚިދުމަތް މިހާރުވެސް ގިނަ އަތޮޅުތަކެއްގައި ވަނީ ފަށާފައެވެ. އަތޮޅުތެރޭގެ ރަށްތަކުން ޕާސްޕޯޓް ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމާއިއެކު އެއަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ޕާސްޕޯޓް ހެއްދުމުގެ މަގު ފަހިވެގެންދާނެއެވެ. މިއީ ޕާސްޕޯޓް ހެއްދުމަށް މާލެ އަންނަންޖެހޭ ޖެހުމަށް ހުއްޓުމެއް ލިބިގެންދާނެކަމެއްގެ ގޮތުގައި ސަރުކާރުން ވިދާޅުވެއެވެ.
ވ. އަތޮޅުގައި މި ޚިދުމަތް ފެށުމާއެކު އެ އަތޮޅު ހިމެނޭހެން 14 އަތޮޅެއްގައި މި ޚިދުމަތް ދޭންވަނީ ފަށާފައެވެ. ޕާސްޕޯޓްގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި އައިޑީކާޑު ހެއްދުމުގެ އިންތިޒާމްވެސް ސަރުކާރުން ދަނީ ހަމަޖައްސަވައި ދެއްވަމުންނެވެ. މި ޖަލްސާގައި ފެލިދޫގައި އައިޑީ ކާޑުގެ ޚިދުމަތްވެސް ވަނީ ފަށާފައެވެ. މި ޚިދުމަތް ފަށްޓަވައި ދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
