
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އަހަރުގެ ކުރީކޮޅު ވ.ފެލިދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ފެލިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ފެލިދޫގެ ބިން ހިއްކައިދިނުމަކީ ރަށުގެ ރައްޔިތުންނަށް ވެފައިވާ މުހިންމު ވަޢުދެއްކަމަށާ، އެކަމުގެ މަތިން ހަނދާން ނައްތާނުލައްވާކަމަށެވެ. ނަމަވެސް މި މަޝްރޫޢު މިއަހަރު ކުރިއަށް ނުގެންގޮސް، އަންނަ އަހަރަށް ފަސްކުރީ، ރަށުގައި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދިއުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އިސްކަންދޭ ތަރުތީބުން، އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި ފެލިދޫއަށް ކަނޑައަޅާ އެންމެ މުހިއްމު މަޝްރޫޢުއެއްގެ ގޮތުގައި ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ފައްޓަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫޢުއާއެކު، ރަށުގެ ބިމުގެ ޖާގަ ބޮޑުވެ، ރައްޔިތުން ބޭނުންވާ މުހިންމު މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެކަމަށެވެ.
“އަންނަ އަހަރުގެ ބަޖެޓުގެ ހިމަނާ އަހަރުގެ ކުރީކޮޅު ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފައްޓާނަން. މި ރަށުން 12 ހެކްޓަރުގެ ބިން ހިއްކާނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގައި 14 ކްލާސްރޫމްގެ 4 ބުރީގެ އިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށެވެ. އެގޮތުން އެކަމުގެ އިދާރީ މަސައްކަތްތައް ނިމި، ޢަމަލީގޮތުން މަސައްކަތް ފެށުމުގެ މަރުޚަލާއަށް އާދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފެލިދޫގަ ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ފެސިލިޓީވެސް ވެގެންދާނީ ރާއްޖޭގެ އެހެން ރަށްތަކާ ތަފާތު، އެންމެ ޒަމާނީ ފެސިލިޓީއަކަށްކަމަށެވެ. އެގޮތުން ބޮޑެތި ޖާގަ އޮންނަ ސަރަހައްދުތަކުގައި ކުޅޭ އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކު، އިންޑޯ ސްޕޯޓްސް ކޮމްޕެލެކްސްއެއްގެ ގޮތުގަ މި ފެސިލިޓީ ތަރައްޤީކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު ރަށުގައި ކުޅިވަރު ކުޅޭ ހުރިހާ ފެސިލިޓީތައް އެ ފެސިލިޓީއެއްގަ ޤާއިމުކުރެވިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން އަތޮޅުތަކުގައި ސީ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ފެލިދުއާ އެ އަތޮޅުގައި ސީ އެމްބިއުލާންސްގެ ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
