
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ފުލިދޫއަށް ކުރެއްވި ޒިޔާރަތަކީ އިންތިޚާބަކާއި ދިމާނުކޮށް ރައީސަކު ފުލިދޫއަށް ވަޑައިގަތް ފުރަތަމަ ފަހަރުކަމަށް ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒު ވިދާޅުވެއްޖެއެވެ. ވ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުލިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ. ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒު ވިދާޅުވީ މިއަދަކީ ވަރަށް ތަރީޚީ ދުވަހެއްކަމަށާއި، މިއީ އިންތިޚާބަކާއި ދިމާނުކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށެވެ.
” ދިވެހިރާއްޖެ މިނިވަން ދެފުށް ފެންނަ އިންތިޙާބުތަކަށް ހުޅުވިގެން ދިޔަ ފަހުން ރިޔާސީ އަދި ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ނޫން ގޮތަކަށް ދިވެހިރާއްޖޭގެ ރައީސަކު ވ. ފުލިދޫއަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު. މިކަމުން ދޭހަވެގެން ދަނީ ރައްޔިތުން ކަންބޮޑުވުން ގާތުން އަޑު އެއްސެވުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވުމަށް ރައީސްގެ ހިތްޕުޅުގައި އޮތް ޝައުޤުވެރިވެރިކަމާއި އެކަމަށް ދެއްވާ އަހަމީއްޔަތުކަމުގެ މިންވަރު ފެނިގެންދާ ކަމަށް. ވ. ފުލިދޫ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން. ” ކައުންސިލް ރައީސް ވިދާޅުވިއެވެ.
ފުލިދޫ ކައުންސިލުގެ ރައީސް ވަނީ، މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކޮށް މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވަން އެމަނިކުފާނު އިސްކަން ދެއްވާކަމުގެ އަލިގަދަ ހެއްކެއްކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ފުލިދޫ ރައްޔިތުންނަށް އުފާވެރި ގިނަ ޚަބަރުތަކެއް ލިބިގެން ދިޔަކަން ކައުންސިލުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެރަށުގެ ސިއްޚީ މަރުކަޒުގެ ބިންގާ އެޅުމުގެ މަސައްކަތާއި، ކުޅިިވަރު ކުޅެވޭނެ ދަނޑެއް އެޅުމަށް ސޮއިކުރުމުގެ އިތުރުން ބަނދަރުގެ މަސައްކަތް ފެށުމާއި އަދި އޭޓީއެމް ޚިދުމަތް ފެށުން ކައުންސިލުގެ ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަންނަ އަހަރު މާރިޗު މަހާއި ހަމައަށް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައިވާތީ ފުލިދޫ ރައްޔިތުންގެ ނަމުގައި ކައުންސިލުގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
