
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ އދގެ ބައްދަލުވުންތަކުގައި ފަލަަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޖަޕާނުން ރަސްމީކޮށް ބަލައިނުގަންނާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ. 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ ފަލަަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންނެވެ. މި ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
މި ޙާލަތުގައި ޣައްޒާއަށް އެހީގެ ސާމާނު ވައްދައި ދާއިމީ ޞުލްޙަ ޤާއިމް ކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅަނގުގެ ބައެެއް ޤައުމުތަކުން ވަނީ އދގެ ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައި އެ ކަން އިޢުލާނުކޮށްފައެވެ. އެ ގޮތުން ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވަނީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނާނެ ކަމަށް އިޢުލާނު ކުރައްވައިފައެވެ. އޭގެ އިތުރުން މޮލްޓާއާއި ކެނެޑާއާއި އިނގިރޭސިވިލާތާއި ބެލްޖިއަމުން ވެސް ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ބެލެވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޖަޕާނުގެ ޚާރިޖީ ވަޒީރު ތަކެޝީ އިވާޔާ ވިދާޅުވީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުން ރަސްމީ ސިފައެއްގައި މި ވަގުތަށް ބަލައިނުގަންނާނެ ކަމަށެވެ. ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތަަށް ޖަޕާނުން ތާއީދުކުރާއިރު، އެ ޤައުމަށް ކުރިމަތިވެފައިވާ ސުވާލަކީ ފަލަސްޠީނުގެ މިނިވަންކަމާ ގުޅޭ ސުވާލެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި މިހާރު ކުރިމަތިވެފައިވާ ސުވާލަކީ ފަލަސްޠީނުގެ މިނިވަންކަން ބަލައިގަންނާނީ ކޮން ވަގުތެއްގައިކަން ކަމަށް އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ގޮވާލަމުންދާ އަޑުތައް ބައިނަލްއަޤްވާމީ ދުނިޔޭގައި ވެސް އަދި ޖަޕާނުގައި ވެސް ގަދަވަމުންދާ ކަން ފާހަގަކުރައްވައި އިވާޔާ ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް ހަޤީޤަތުގައި ވެސް ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތަަށް ވާޞިލްވެވޭނެ މަގުތައް ދެނެގަނެ، އެ މިސްރާބަށް މަސައްކަތް ބެހެއްޓުމަކީ ސަރުކާރުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.
ޖަޕާނުން ބުނީ ޣައްޒާގައި ޔަހޫދީންގެ އަސްކަރީ ޙަރަކާތް ފުޅާކުރުމަށް އެ ޤައުމުން ތާއީދުނުކުރާ ކަމަށާއި ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ތަންފީޒު ކުރުމަށް ހުރަސްއެޅޭ ގޮތަށް ޔަހޫދީން ޢަމަލުކުރާ ނަމަ ޖަޕާނުން ފިޔަވަޅު އަޅާނެ ކަމަށެެވެ. ޣައްޒާ ޢުދުވާނާ ގުޅިގެން ޔަހޫދީ ސަރުކާރުގެ ވަޒީރުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެތޯ ސުވާލުކުރުމުން އިވާޔާ ވިދާޅުވީ ޖަޕާނުން ވަކި ފިޔަވަޅެއް ނާޅާނެޔެކޭ ނުދަންނަވާނެ ކަމަށާއި ކުރިމަގުގައި ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
