
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޢުރުދުންނާ ގުޅުވައިދޭ ހަމައެކަނި މަގު ކަމުގައިވާ ކިންގ ޙުސައިން ބްރިޖު ބަންދުކޮށްފިއެވެ. ޔަހޫދީން މި މަގު ބަންދުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 18ވަނަ ދުވަހު، ޢުރުދުނުން އެހީގެ ސާމާނު ހިފައިގެން ހުޅަނގު އައްސޭރިއަށް އައި ލޮރީއެއްގައި ހުރި މީހަކު އެ ސަރަޙައްދުގައި ހުރި ބަޔަކަށް ބަޑީގެ ޙަމަލާއެއްދީ ޔަހޫދީންގެ ދެ މީހުން މަރައިލުމާ ގުޅިގެންނެވެ. ކިންގ ޙުސައިން ބްރިޖު ބަންދުކޮށްފައި ވަނީ ކިހައި މުއްދަތަކަށް ކަމެއް ޔަހޫދީން ހާމަކޮށްފައެއް ނުވެއެވެ. ވަކި ގޮތެއް އަންގަންދެން އެ މަގު ބަންދުވާނެ ކަމަށް ޔަހޫދީން ބަނީ ބުނެފައެވެ.
މީގެ އިތުރުން ޔަހޫދީ ދައުލަތާއި އުރުދުންނާ ގުޅުވައިދޭ ދެ މަގަކަށް ވެސް ޙަމަލާގެ ސަބަބުން އަސަރުކޮށްފައިވެއެވެ. އެ ގޮތުން އުތުރުގައި އޮންނަ މަޢްބަރު ނަހްރުލް އުރުދުން މަގު ޔަހޫދީން ބަންދުކޮށްފައިވާއިރު، ވާދިން ޢަރަބާ މަގު ހުރަސްކުރެވެނީ ހަމައެކަނި މަސައްކަތްތެރިންނަށެވެ. ކިންގ ޙުސައިން ބުރިޖަށް ދީފައިވާ ޙަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. ވިޔަފާރިއަށް ވެސް މުހިންމު މި މަގަކީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ތިން މިލިޔަނަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުންނަށް ޢުރުދުންނަށް ދެވޭ އަދި ދުނިޔޭގެ އެހެން ސަރަޙައްދުތަކަށް ދަތުރުކުރުމަށް ހުޅަނގު އައްސޭރިން ބޭރުވެވޭ ހަމައެކަނި މަގު ވެސް މެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
